ބަރަކާތްތެރި ރަމަޟާންމަހު ތަރާވީހް ކުރުމަށާ ދީނީ ހޭލުންތެރިކަން އިތުރުކުކުރުމުގެ ގޮތުން ބ.އަތޮޅުގެ 5 ރަށަކަށް މިއަހަރުވެސް ހާފިޒުން ގެންނަން ނިންމައިފިއެވެ.
އެގޮތުން ހާފިޒުން ގެނައުމުގެ މަސައްކަތް ކުރަމުންދަނީ މިދިޔަ އަހަރުވެސް ހާފިޒުން ގެނައި ކެންދޫ، ކިހާދޫ، ދޮންފަނު، މާޅޮސް އަދި އޭދަފުއްޓަށެވެ.
ކެންދޫ ކައުންސިލުން ބުނީ އެރަށުގައި ހާފިޒުން ގެނައުމުގެ މަސައްކަތް ކުރަނީ ހެޔޮއެދޭ އެކިފަރާތްތަކާ، ކައުންސިލް ގުޅިގެން ފައިސާ ހޯދައިގެން ކަމަށެވެ. ކިހާދޫން ކައުންސިލުންވެސް ބުނީ މިކަމަށް އާންމު ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށެވެ.
ދޮންފަނު ކައުންސިލުން ބުނީ އެރަށަށް ކޮންމެ އަހަރަކުވެސް ހާފިޒުން ގެންނަނީ އެރަށު އަމިއްލަ ޖަމްއިއްޔާއަކުން ކަމަށާ، އެމަސައްކަތް އެޖަމްއިއްޔާއިން ކުރިޔަށް އެބަގެންދާކަމަށެވެ. މާޅޮހާ އޭދަފުށީގައިވެސް ހާފިޒުން ގެނައުމުގެ މަސައްކަތް ކުރަނީ އަމިއްލަ ފަރާތްތަކުންނެވެ.
ރަމަޟާންމަހު ތަރާވީހް ކުރުމަށާ ދީނީ ހޭލުންތެރިކަން އިތުރުކުކުރުމުގެ ގޮތުން ބ. އަތޮޅުގެ ރަށްރަށަށް މިފަހުން ކޮންމެ އަހަރަކުވެސް ހާފިޒުން ދަނީ ގެންނަމުންނެވެ.