ކައުންސިލް-އައިލެންޑާސް އެއްބަސްވުން ބާތިލްކޮށް، ބަހިއްޔާ އަލުން ބީލަމަށް ލާން ނިންމައިފި

1501342137image-0-02-06-2e57c7b3575cd6e927e87ba263a0f311a8962a296d7c16a27596e87e81a49475-V.jpg

ބަހިއްޔާ ޕްރީ ސްކޫލް. އަލުން ބީލަމަށް ލާން ކައުންސިލުންވަނީ ފާސްކޮށްފައި / ފައިލްފޮޓޯ

ބަހިއްޔާ ޕްރީސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށް އައިލެންޑާސް މޯލްޑިވްސްއާއެކު އޭދަފުށީ ކައުންސިލުން ވެފައިވާ އެއްބަސްވުން ބާތިލްކޮށް، އެސްކޫލް އަލުން ބީލަމަށް ލާން އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.

އޭދަފުށި ކައުންސިލުން މިގޮތަށް ނިންމީ ބަހިއްޔާ އިންޓަނޭޝަނަލް ކުރަން އައިލެންޑާސް މޯލްޑިވްސްއާ ހަވާލުކުރީ ގާނޫނާ ހިލާފަށްކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން މިދިޔަ ހަފްތާ ކައުންސިލަށް އަންގާފައިވަނިކޮށެވެ.

އޭދަފުށީ ކައުންސިލުން މިދިޔަ ބުދަދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ފާސްކޮށްފައިވަނީ އައިލެންޑާސްއާ، އޭދަފުށީ ކައުންސިލާދެމެދު ވެފައިވާ އެއްބަސްވުން މިހާރުން މިހާރަށް އުވާލުމަށް ނިންމިކަން އައިލެންޑާސް މޯލްޑިވްސްއަށް އެންގުމަށެވެ. އަދި ބަހިއްޔާ އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލައި އާންމުކޮށް އިޢްލާނެއް ކުރުމަށްވެސް ކައުންސިލްގެ ބައްދަލުވުމުން ފާސްކުރިއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ކައުންސިލުން ބަލަންޖެހޭ ބެލުންތައް ބަލައި އަންނަ ހަފްތާތެރޭގައި ބަހިއްޔާ އަލުން ބީލަމަށް ލާނެކަމަށެވެ. އޭނާ ވިދާޅުވީ އައިލެންޑާސް މޯލްޑިވްސްއާ ކުރީގެ ކައުންސިލުން ވެފައިވާ އެއްބަސްވުމުގެ ސަބަބުން ކައުންސިލަށްވި ގެއްލުން ބަލަމުންދާކަމަށާ، އެކަމާމެދު އޭދަފުށީ ކައުންސިލްގެ ލަފާދޭ ކޮމެޓީގައި މަޝްވަރާ ކުރާނެކަމަށެވެ.

1940ގެ އަހަރުތަކުގެ ތެރޭގައި އޭދަފުށީ ޔޫސުފް ކަލޭފާނުގެ މޭސްތިރިކަމުގައި އުފެދުނު އޭރުގެ މަދްރަސަތުލްބަހިއްޔާ ، ޕްރީ ސްކޫލަކަށް ބަދަލުވީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. ނަމަވެސް ޕްރީ ސްކޫލް ތައުލީމް އޭގެކުރިންވެސް އެމަދުރަސާއިން ދެމުން އައެވެ.

މަދްރަސަތުލް ބަހިއްޔާއަކީ 1950ގެ އަހަރުތަކުން ފެށިގެން 1980 ގެ ކުރީކޮޅާ ހަމައަށް ބ. އަތޮޅާއި މުޅިރާއްޖެއިންވެސް ފާހަގަކުރެވުނު މަތީ ފެންވަރުގެ ތައުލީމު ދިން މަދު ސްކޫލްތަކުގެ ތެރެއިން ވަރަށްބޮޑަށް ވިދާލި އެއްސްކޫލެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top