ފޭލިން، 14 ކެބިން ކުރޫން ތަމްރީންކޮށް ވަޒީފާގެ ބާޒާރަށް ނެރެފި

23561294_1550598341696376_3890489105585320343_n.jpg

ކެބިން ކްރޫ ކޯސް ނިންމި 14 ބައިވެރިން، ސެޓްފިކެޓާއެކު ފޮޓޯއަކަށް ހުއްޓިގެން / ފޮޓޯ: ފޭލި

ދިވެހި ކެބިން ކްރޫ އެކަޑަމީ (ޑީސީސީއޭ) އާއި ފޭލި ޖަމިއްޔާ ގުޅިގެން ބ. އޭދަފުށީގައި ކުރިޔަށްގެންދިޔަ ކެބިން ކްރޫން ތަމްރީން ކުރުމުގެ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

ރާއްޖޭގެ އެކިސަރަހައްދުތަކުން ޖުމްލަ 14 ކުއްޖަކު ބައިވެރިވި މިކޯހުގެ ނިންމުމުގެ ރަސްމިއްޔާތު އޮތީ މިރޭ ބ. އަތޮޅު ހޮސްޕިޓަލްގެ ސެމިނާ ރޫމްގައެވެ. ފޭލި ޖަމްއިއްޔާއިން ބުނީ މިކޯސް ނިންމި 14 ބައިވެރިންނަށްވެސް ކެބިން ކްރޫއެއްގެ ވަޒީފާއަށް ޝަރުތު ހަމަވާ ފެންވަރަށް ޓްރޭނިންގް ދެވިފައިވާކަމަށާ، އެކުދިންނަށް ވަޒީފާ ހޯދާދިނުމަށްވެސް ފޭލިން މަސައްކަތް ކުރަމުންދާނެކަމަށެވެ.

ކެބިން ކްރޫ ކޯސް ނިންމި ބައިވެރިއަކަށް މިރޭ ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ / ފޮޓޯ: ފޭލި

ފޭލި ޖަމިއްޔާގެ އިސްބޭފުޅެއްކަމުގައިވާ އަލީ އިމާދު ވިދާޅުވީ 10 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިކޯހުގެ ސަބަބުން ކެބިން ކްރޫގެ ދާއިރާއަށް މިނެރެވުނީ ވަރަށް ކޮލިފައިޑް އާޓީމެއްކަމަށް ދެކޭކަމަށެވެ. އޭނާ ވިދާޅުވީ މިކުދިން ވަޒީފާއަށް ކުރިމަތިލައި އިންޓަވިއުން ފާސްވެގެން ބޯޓަށް އަރާއިރު މިދާއިރާއިން އެނގެންޖެހޭ ގަވާއިދުތަކާ، އުސޫލުތައް ވަރަށް ރަނގަޅަށް އަންދައިދެވި، އަމަލީ ތަޖުރިބާވެސް ކޮންމެވެސް ވަރަކަށް ދެވުނު ކަމަށެވެ.

އިމާދު ވިދާޅުވީ ދިވެހި ކެބިން ކްރޫ އެކަޑަމީއާ ގުޅިގެން މިފަދަ ކޯހެއް އަންނައަހަރު ނ. އަތޮޅުގައިވެސް ބާއްވަން ނިންމާފައިވާކަމަށެވެ. އޭނާ ވިދާޅުވީ މީހުން ބިނާކުރުމުގެ ދާއިރާއިން ފޭލި ޖަމްއިއްޔާ ހިންގަމުންއަންނަ މިއަހަރުގެ ފަހު ޕްރޮޤްރާމް ކަމުގައިވާ ކޭކް ޑެކަރޭޓިންގް އެޑްވާންސް ލެވެލް ކޯސް އަންނަމަހު އޭދަފުށީގައި ފެށޭނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top