މޯލްޑިވިއަންގެ ދަތުރުތައް ބެންގަލޫރަށް ފަށައިފި

big_lufo1urKR7ZuTWuYIe9sVuQUb.jpg

ގައުމީ އެއާލައިން، މޯލްޑިވިއަން އިން އިންޑިއާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.

އެ އެއާލައިނުން ބުނީ ހަފުތާއަކު ދެ ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ގޮތުން ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ދަތުރުތައް ކުރާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

މޯލްޑިވިއަން އިން މިއަދު އިންޑިޔާގެ ބެންގަލޫރަށް ޝެޑިއުލް ދަތުރުތައް ފެށި އިރު އިންޑިޔާގެ ޓްރިވެންޑްރަމް އާއި ކޮޗިންގެ އިތުރުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ވެސް އަންނަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.

އިންޑިއާ އަކީ ދިވެހިން އަބަދު ވެސް އެކި ބޭނުންތަކުގައި އެންމެ ގިނައިނަ ދަތުރުކުރާ ގައުމެވެ. އެހެންވެ ބެންގަލޫރަށް މޯލްޑިވިއަންގައި ދަތުރުކުރެވުމަކީ ވަރަށް ބޮޑު ފަސޭހައަކާއި ލުޔަކަށް ވާނެ އެވެ. އިންޑިއާ އަކީ ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top