ގްރޫޕްސްޓޭޖްގެ މެޗްތައް ނިމި ދެވަނަ ބުރުގައި ވާދަކުރާ ޓީމްތައް ޔަގީން ވެއްޖެ

DSC_0699.jpg

މިއަދު ކުޅުނު ޔުނައިޓެޑްވީއާއި ވެލިގަނޑުގެ މެޗް. ފޮޓޯ އީޓީ ރާއި

ލޭޓް ޝާހީން ފުޓްސަލް މުބާރާތުގައި މިއަދު ކުޅެވުނު މެޗްތަކާއެކު ގްރޫޕްސްޓޭޖްގެ މެޗްތައް ނިމި ދެވަނަބުރުގައި ވާދަކުރާ ޓީމްތައް ޔަގީން ވެއްޖެއެވެ.

މި މުބާރާތުގައި މިއަދު ހަވީރު އޭދަފުށީގައި ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ޔުނައިޓެޑްވީ އާއި ވެލިގަނޑު ރެކްރިއޭޝަން ކްލަބެވެ. މި މެޗް4-1 ގެ ތަފާތުން ކާމިޔާބު ކޮށްފައިވަނީ ޔުނައިޓެޑް ވީ އެވެ.

މެޗްގެ ކުޅުމަށް ބަލާއިރު ފުރަތަމަ ހާފްގައި ދެޓީމުންވެސް ކުޅުނީ ވަރަށް ހަމަހަމަ ގޮތެއްގައެވެ. ނަތީޖާއަކީ ފުރަތަމަ ހާފް ނިމުނު އިރުވެސް ބޯޑުން ފެންނަން އޮތީ 2-1 ގެ ކުޑަ ތަފާތަކުން ޔުނައިޓެޑްވީ ކުރީގައި އޮތް ތަނެވެ. . ޔުނައިޓެޑް ވީއަށް މި ދެލަނޑު ކާމިޔާބު ކޮށްދިނީ މުހައްމަދު ފާސިރުއާއި ޝައްފާން އެވެ. ވެލިގަނޑު ރިކްރިއޭޝަން އަށް ޖެހުނުި ހަމައެކަނި ލަނޑު އެޓީމަސް ހޯދައިދިނީ ޝާފިއު މުހައްމަދު އެވެ.

އެހެންނަމަވެސް  ދެވަނަހާފްގައި ޔުނައިޓެޑްވީ ގެ ކުޅުން ރަނގަޅުކޮށް ނަތީޖާގެ ފަރަގު ބޮޑު ކުރިއެވެ. އެގޮތުން ހާފްގެ ފުރަތަމަ މިނިޓްގާ ފާސިރުގެ އިތުރު ލަނޑަކާއެކު ޝައްފާންވެސް ލަނޑުބޯޑަށް ލަނޑެއް އިތުރުކުރިއެވެ.

މިއަދު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރި ޓީމް ކިހާދް އާއި ޑީކޭ ޔުނައިޓެޑް ބައްދަލުކުރި މެޗް ނިމުނީ 4-2ން ޑީކޭ ޔުނައިޓެޑް މޮޅުވެގެންނެވެ.

މިމެޗްގައި ޑީކޭ މޮޅުވެފައިވަނީ ޝާހީ މޫސާގެ ހެޓްރިކާއެކު ޝަރިފް އަބްދުލް މަޖީދުގެ ލަނޑުން ނެވެ.

ކިހާދް އިން ލަނޑު ޖެހީ އެޓީމްގެ މައުމޫންއާއި އިބްރާހީމް ރަޝީދު އެވެ.

މި ނަތީޖާއާއެކު ގްރޫޕްއޭގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދިޔައީ ސޮނޭވާ ފުށި ރިސޯޓެވެ.  ގްރޫޕްއޭގެ ދެވަނަ ޓީމަކީ ފެއިމްސް ޔުނައިޓެޑް އެވެ. ގްރޫޕް ބީގެ އެއްވަނަ ޓީމަކީ ރޯޔަލް އައިލެންޑްއެވެ. އަދި މި ގްރޫޕްގެ ދެވަނަ ޓީމަކީ އަނަންތަރާ އެވެ. ގްރޫޕްސީގެ އެއްވަނަ ޓީމަކީ ޔުނައިޓެޑް ވިކްޓަރީ އެވެ. ދެވަނަ ޓީމެއްގެ ގޮތުގައި ދެވަނަ ބުރަށް ގޮސްފައިވަނީ އަމިއްލަފުށި ރިސޯޓެވެ. ގްރޫޕް ޑީގެ އެއްވަނައަށް ޑީކޭ ޔުނައިޓެޑް ދިޔައިރު ދެވަނަ އަށް ދިޔައީ ކިހާދް މޯލްޑިވްސް އެވެ.

ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ޑީކޭ ޔުނައިޓެޑް އާއި ފެއިމްސް ޔުނައިޓެޑްއެވެ. ދެވަނަ މެޗުގައި އަމިއްލަ ފުށި ރިސޯޓާ ވާދަކުރާނީ ސޮނެވާފުށި ރިސޯޓެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top