މިއަހަރުގެ ޝިއާރު : ސުލްހަވެރިކަން ރައްޔިތުންނަށް- ސަމާލުކަން ތަހުޒީބަށް

333440-Maldives-1328690510-545-640x480.jpg

މިއަހަރަށް ޚާއްސަ ޝިއާރެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަނޑައަޅުއްވައިފ ކަމުގައި ރައީސް އޮފީހުން ބުނެފިއެވެ. އެ ޝިއާރަކީ “ސުލްހަވެރިކަން ރައްޔިތުންނަށް- ސަމާލުކަން ތަހުޒީބަށް” އެވެ.

ރައީސް އޮފީހުން ބުނީ މި މަހުގެ 15ވަނަ ދުވަހުން ފަށައިގެން ސަރުކާރުގެ ރަސްމީ ލިއުންތަކުގައި މި ޝިއާރު ބޭނުން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމުގައެވެ.

ސަރުކާރުގެ ރަސްމީ ސިޓީތަކާއި އެކިއެކި ލިޔުންތަކުގައި އެ ޝިއާރު ޖެހުމަށްޓަކައި، އެ ޝިއާރުގެ ތައްގަނޑެއް ހެދުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސަރުކާރުގެ އޮފީސްތަކަށް މައުލޫމާތު ދޭނެ ކަމަށާއި، އެ މައުލޫމާތު ލިބުމުން، އެ ޝިއާރުގެ ތައްގަނޑު ހަދައި މި އަހަރުގެ ތެރޭގައި ޝިއާރު ބޭނުންކުރުމަށް ރައީސް ވަނީ ވިދާޅުވެފައިކަމަށް ރައީސްއޮފީހުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top