ވެލާއާއި ކަހަނބުގެ ހުރިހާ ވައްތަރެއް ދާއިމަށް ހިމާޔަތްކޮށްފި

LMA_UNDERWATER_2.jpg

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4ވަނަ މާއްދާ ހ.ގެދަށުން ކަނޑުގެ މާހައުލުގައި އުޅޭ ވެލައާއި ކަހަނބުގެ ހުރިހާ ބާވަތެއް ދާއިމަށް ހިމާޔަތް ކޮށްފިއެވެ.

އެންވަޔަރން މިނިސްޓްރީން މިކަމާ ގުޅޭ ގޮތުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ވެލާތަކުގެ އިތުރުން ރާއްޖޭގެ ސަރަޙައްދުން އާންމުކޮށް ނުފެނުނު ނަމަވެސް ކަނޑުގެ ދިރުންތަކުގެ ގޮތުގައި ހިމެނޭ އެންމެހައި ބާވަތްތަކުގެ ވެލާ ކަހަނބުވެސް ހިމާޔަތް ކޮށްފައިވެއެވެ.

މި އެންގުމާ ޚިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާމެދު ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

އިއްޔެ އެންވަރެމެންޓް މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ވެލައާއި ކަހަނބުގެ ހުރިހާ ބާވަތެއް ދާއިމަށް ހިމާޔަތްކުރުމުން އެތަކެތި އާލާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތްތާގައި ކުރެވޭނެ ކަމަށާއި ކުރިއަށް އޮތްތާގައި ވެލާކަހަބު އޭގެ އެންމެ ރަނގަޅު ގޮތުގައި ހިމާޔަތްކުރެވޭނެ ކަމުގައެވެ.

މަސްވެރިކަމާބެހޭ ގާނޫނުގެ ދަށުން މޮރެޓޯރިއަމް އެއް މެދުވެރިކޮށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވެލާ ކަހަނބު ހިމާޔަތްކޮށްފައެވެ. އެއީ 1995 ވަނަ އަހަރުން ފެށިގެން 10 އަހަރަށް އަދި އޭގެ ފަހުން 2005 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top