ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އަންނަ އޮކްޓޯބަރުމަހު ހުޅުވާލަނީ

0_139244670021_news.jpg

2017ވަނަ އަހަރުގެ ޖެނުއަރީމަހު ބާއްވަން ކަނޑައަޅާފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އަންނަ އޮކްޓޯބަރމަހުގެ ތެރޭގައި ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހު 14ވަނަދުވަހު އިންތިޚާބު ބޭއްވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމުގައާއި، މިހާރު ކުރަމުން އަންނަނީ ކައުންސިލްތަކާއި ޑިޕާޓްމަންޓްއޮފް ނެޝަނަލް ރަޖިސްޓްރޭޝަން އާއެކު ރަށްރަށުގެ އާބާދީގެ ޖުމްލަ ބެލުމުގެ މަސައްކަތްކަމުގައެވެ.

މީގެ އިތުރުން  ކުރިއަށް އޮތް މަހުގެ ތެރޭގައި ދާއިރާތައް ކަނޑައަޅާ ނިންމާލެވޭވަރުވާނެކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 3000 މީހުންނަށްވުރެ އާބާދީކުޑަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އަންނަ އަހަރުން ފެށިގެން އިންތިޚާބްކުރާނީ 3 މެމްބަރުންނެވެ. އާބާދީ 3000 އަށްވުރެ މަތި ނަމަ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 5 މެމްބަރުންނެވެ.

އަތޮޅު ކައުންސިލަށް މެންބަރުން އިންތިޚާބު ކުރާ އިރު އިންތިޚާބީ ދެ ދާއިރާ ހިމެނޭ އަތޮޅުތަކުގައި އިންތިޚާބު ކުރާނީ 3 މެންބަރުންނެވެ. އިންތިޚާބީ ދާއިރާތައް ދޭކަށްވުރެ ގިނަ ވެއްޖެ ނަމަ ، ކޮންމެ ދާއިރާއަކަށް އެންމެ މެންބަރެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެންމެފަހުން ބާއްވާފައިވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top