ބ. އަތޮޅު ކައުންސިލްގެ މިއަހަރުގެ ބަޖެޓް، 25.5 މިލިޔަން ރުފިޔާ

budeget.jpg

ބ. އަތޮޅު ކައުންސިލުގެ ބަޖެޓް ފާސްކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން

ބ.އަތޮޅުކައުންސިލްގެ މިހިނގާ 2022 ވަނަ އަހަރުގެ ބަޖެޓަށް 25.5މިލިޔަން ރުފިޔާ ކަނޑައަޅައިފިއެވެ.

ބަޖެޓް ފާސް ކޮށްފައިވަނީ ރޭ އަތޮޅު ކައުންސިލުން މިއަހަރަށް ކަނޑައަޅާ ބަޖެޓް ފާސް ކުރުމަށް ބޭއްވި ޖަލސާގައި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މި ބަޖެޓުގައި މި އަހަރު ދައުލަތުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ހަތް މިލިއަންރުފިޔާ އާއި ތިންވަނަ ފަރާތުގެ ފައިސާގެ ގޮތުގައި 8 މިލިއަން ރުފިޔާ އަދި ކައުންސިލުގެ އާމްދަނީގެ ގޮތުގައި އަށް މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

ބަޖެޓުން ކުރަން ނިންމާފައިވާ ހަރަދުގެ ތެރޭގައި ބ އަތޮޅު 13 ރަށުގެ ކުނި މެނޭޖްކުރުމަށް 8.8 މިލިއަން ރުފިޔާ އާއި އަތޮޅު ކައުންސިލުގެ ނަމުގައިވާ އަތޮޅު ކޮމެޓީގެ ބިމުގައި އިމާރާތެއް ކުރުމަށްޓަކައި 6 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މީގެ އިތުރުން އަތޮޅު ކައުންސިލުގެ ލޯންޗުތައް މަރާމާތު ކުރުމަށްވެސް ބަޖެޓުގައި ބޮޑު އަދަދެއް ހިމަނާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top