ކަރަންޓީން ވާންޖެހޭ މުއްދަތު 7 ދުވަހަށް ކުރުކޮށްފި

covid-58521.png

ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި، ކޮންޓެކްޓުވާ މީހުން ކަރަންޓީންވާންޖެހޭ މުއްދަތު 7 ދުވަހަށް ކުރުކޮށްފިއެވެ.

މި ބަދަލާއެކު މިހާރު ކޯވިޑަށް ޕޮޒިޓިވްވާ މީހާ އެކަހެރިވާން ޖެހެނީ ކޯވިޑަށް ޕޮޒިޓިވްވާ ސަމްޕަލް ލިބޭތާ 7 ދުވަހުގެ މުއްދަތަށް ކަމަށް ހެލްތު އެމެޖެންސީ އޮޕަރޭޝަނުން ސެންޓަރުން ހާމަ ކުރެއެވެ. އެކަމަކު ޕޮޒިޓިވް މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރި މީހުންގެ ކަރަންޓީންގެ މުއްދަތު ނިމޭނީ 7 ދުވަސްފަހުން ނެގޭ ސާމްޕަލް ނަތީޖާ ނެގެޓިވްވުމުންނެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން ޕޮޒިޓިވްވާ މީހާ ކަރަންޓީންވާ ޖެހޭ މުއްދަތަކީ 14 ދުވަހެއެވެ.

ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން 7 ދުވަސް ފުރިހަމަވުމާއެކު މަސައްކަތަށް ނުކުންނަންޖެހޭ ސިއްހީ ޚިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަންވާނީ އެންޓިޖެން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވުމުންނެވެ.

ކޯވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން ދިހަ ދުވަހުގެ މުއްދަކަށެވެ. މި 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެއެވެ.

ނަމަވެސް، އެ މީހަކު ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާ ތާރީޚުން ފެށިގެން 5 ދުވަސް ފުރިހަމަވުމުން، ޕީ.ސީ.އާރ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްނަމަ ކަރަންޓީނުން ދޫކުރެވޭނެކަމަށް އެޗްޕީއޭއިން ވަނީ ނިންމާފަ އެވެ. ކޯވިޑް-19 ވެކްސިން ފުރިހަމަނުވާ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ޕޮޒިޓިވްވާ މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 14 ދުވަހެވެ. އަދި ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ފުރިހަމަވުމުން ޕީ.ސީ.އާރ ޓެސްޓު ހަދާ ނަތީޖާނެގެޓިވް ވުމުން ކަމަށް ވަނީ ކަނޑައަޅާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top