މި މަހުގެ މެދުތެރޭގައި ބޫސްޓާ ޑޯޒް ޖަހަން ފެށޭނެ

large_164190040249sMRQ.jpg

ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. ޝާހު މާހިރު -- ސަން ފޮޓޯ

މިމަހުުގެ މެދު ތެރޭގައި އާއްމުންނަށް ބޫސްޓާ ޑޯޒް ޖަހަން ފެށޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފިއެވެ.

މިއަދު އެސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވީ، ވެކްސިން ލިބިފައިވާ ނަމަވެސް ވެކްސިން ޖަހަން ބޭނުންވާ އެހެނިހެން ސާމާނު ލިބޭނީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.

ބޫސްޓާ ޑޯޒް ޖެހުމުގެ ކެމްޕޭން ހަލުވި މިނެއްގައި މި މަހުގެ މެދެއްހާ ހިސާބުގައި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިވަގުތު 80 ޕަސެންޓަށް ވުރެ ގިނަ މީހުން ކޮވިޑްގެ ދެ ޑޯޒް ޖަހާފައިވާކަން ފާހަގަ ކުރައްވައި ޝާހު ވިދާޅުވީ އޭގެ ތެރެއިން ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު ތަންކޮޅެއް މަދު ކަމަށެވެ.

ކޮވިޑު ވެކްސިންގެ ބޫސްޓާ ޑޯޒުގެ ގޮތުގައި ޖެހުމަށް ފައިޒާގެ 100،620 ވެކްސިން ޑޯޒް ރާއްޖެ ގެނައީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

އެއީ ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ޑޯޒެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top