ދިވެހި ގްރޫޕަކުން ދޯންޏަކަށް އަރައި އެދޯނި ހައިޖެކް ކޮށްފި.!

CHM-Sandbank1.png

ލ. އަތޮޅުގައި އެންދަމަން އޮތް ދޯންޏަކަށް ދިވެހި ޒުވާން ގްރޫޕަކުން ތޫނު އެއްޗިއްސާއެކު އަރާ އެ ދޯނި ހައިޖެކް ކޮށްފިކަމަށް ”އައްޑޫ އޮންލައިން” އިން ބުނެފިއެވެ.

އެނޫހުގައި ބުނެފައިވާގޮތުން ރޭ ދަންވަރު 12:30 ހާއިރު ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ ފަސްކުރި ދޯންޏަށެވެ. އެދޯނި އެވަގުތު އޮތީ ލ. ގަމު “ވަޑިނޮޅު” ކައިރީ އެންދަމަން ދިއްލައިގެންނެވެ.

ދޯނިން “އައްޑޫލައިވް”އަށް މައުލޫމާތު ދިން ފަރާތުން ބުނީ ދަންވަރު 12:30 ހާއިރު ދޯނީގެ ފަޅުވެރިން އެންދަމަން ދިއްލައިގެން ތިއްބާ ގްރޫޕަކުން ދޯންޏަށް އަރައި ތޫނު އެއްޗެހިން ބިރު ދައްކައި ދޯނި ހައިޖެކު ކުރި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކިތައް މީހުންކަމަށް ޔަގީން ކުރަން ނޭނގުނަސް ތިރީހަކަށް މީހުން އެކި ހަތިޔާރާއެކު ދޯންޏަށް އެރިކަމަށް ދޯނީގައި ތިބި މީހުންނާ ހަވާާދީ ބުނެފައިވެއެވެ.

“ހީވީ ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު އެރީހެން، އެމީހުން ކެޔޮޅަށް ބިރު ދައްކައިގެން އެންގީ، ލ. ގަމު ފަޅަށް ވަނުމަށް، އެމީހުން ތިބީ މުޅި ދޯނި ހައިޖެކްޓުކޮށްގެން، ނެތް ގުޅޭނެ ގޮތެއްވެސް، ފޯނެއް ނެގޭކަމަށްވެސް ނެތް، ދެން އެހެން އުޅެފައި ބައްތި ފޯނަކުން ގުޅީ ސ. މީދޫ ޕޮލިހަށް، ގުޅައި، މި ހަބަރު ދިނީ، އެމީހުން ގާތު އެދުނީ ފުލުހުން ފޮނުވައިދިނުމަށް” ދޯނިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެމީހުންގެ އެންގުމުގެ މަތިން ދޯނި ގޮސް ލ. ގަމުގެ ބަނދަރަށް ވަދެވުނީ ދަންވަރު 3 ޖެހި ފަހުންނެވެ.

” ދޯނި ގަމަށް ކައިރި ކުރި އިރު ފުލުހުންގެ ވެހިކަލް އޮތް، އެމީހުން ދޯނީގައި ތިބި މީހުންގެ ނަން ނޯޓުކޮށް ފޮނުވާލައިފި، އަދި ދޯނީގައި ތިބި ވަޅި، ކަތިވަޅި ފަދަ ތަކެތި ނަގައިގެން ގޮސްފި”

މި ހާދިސާ އާއި ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top