ކުޑަކުއްޖަކާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް.

1483705932.jpg

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

މިއަދު ހައިކޯޓުން 15 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވަނީ ދ. ކުޑަހުވަދޫ ފައިވްސްޓާ އިބްރާހިމް ޝުޖާއުގެ މައްޗަށެވެ.

އެ މައްސަލާގައި މީގެ ކުރިން ކުޑަހުވަދޫ ކޯޓުން ހުކުމްކޮށްފައިވަނީ ދައުވާ ސާބިތުވާވަރަށް ހެކި ލިބިފައި ނުވާތީ ޝުޖާއުގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށެވެ.

ކުޑަހުވަދޫ ކޯޓުގެ ނިންމުން ދައުލަތުން އިސްތިއުނާފު ކުރުމުން  އެ މައްސަލާގައި ހައިކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

ހައިކޯޓުން މިހުކުމް ކޮށްފައިވަނީ އެ މައްސަލާގައި ކުޑަހުވަދޫ ކޯޓުން ޝުޖާއުގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ކުރު ހުކުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ޝުޖާއުގެ މައްޗަށް ސާބިތުވާވަރަށް ހެކި ލިިބިފައިވާ ކަމަށް ހައިކޯޓުންވަނީ ނިންމާފަ އެވެ.

ޝުޖާއުގެ މައްޗަށް ދައުވާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ހ) އާ ހަވަލާދީ، އެ މާއްދާގެ (ށ)ގެ ދަށުންނެވެ.

މި ހާދިސާ ހިނގިއިރު ކުއްޖާގެ އުމުރަކީ ނުވަ އަހަރެވެ. ހައިކޯޓުގެ ހުކުމުގައި ބުނީ ކުޑަކުއްޖާ އާއި މެދު އޭނާގެ ދޮން ބައްޕަ ޖިންސީ އަމަލު ހިންގާފައިވާކަމަށް ބުނެ، އެވާހަކަ ކިޔައިދިން ގޮތުގެ މައްޗަށާއި ކުއްޖާގެ މަންމަގެ އިތުރުން ކަމާބެހޭ ފަރާތްތަކަށް އެ ކުއްޖާ ވާހަކަ ކިޔައިދީ، އެ ހާދިސާ ތަފާތު މާހައުލުތަކުގައި ސިފަކޮށްފައިވާ ގޮތުގެ މައްޗަށް ބަލާއިރުވެސް، ކުއްޖާގެ ވާހަކަތަކުގައި، އެ ވާހަކަތަކާ މެދު އެކަށީގެންވާ ޝައްކެއް އުފެދޭފަދަ ފުށުއެރުންތަކެއް ނެތްކަން ފާހަގަކުރެވޭ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top