815 ދަރިވަރުންނާއެކު ބ.އަތޮޅުތައުލީމީ މަރުކަޒުގެ ދިރާސީ އާއަހަރު ފަށައިފި

12522958_1286834444676436_440831080458114703_n.jpg

މިއަހަރު އަަލަށް ސްކޫލާ ގުޅުނު 135 ކުދިންނާއެކު ޖުމްލަ 815 ދަރިވަރުންނާއެކު ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން މައުލޫމާތު ދިން ގޮތުގައި މިއަދު ސްކޫލްގެ ކިޔެވުންފެށިއިރު ދަރިވަރުންނަށް ބޭނުންވާ ހުރިހާ ޓެކްސްޓް ފޮތްތަކާއެކު ކިޔަވައިދޭ ޓީޗަރުންވެސް ވަނީ ހަމަވެފައެވެ. މީގެ އިތުރުން މިއަހަރު ސްކޫލަށް އަލަށް އިތުރުވި ޕްރީސްކޫލްކުދިންނަށް ބޭނުންވާ ގޮނޑިމޭޒާ ޑެސްކް ފަދަ ތަކެތިވެސް ވަނީ ހަމަކޮށް ނިމިފައެވެ.

12509467_1286835391343008_1181103879692611337_n

އެނގިވަޑައިގަންނަވާނެ ފަދައިން މިއަދަކީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް ދިރާސީ އާއަހަރުގެ ކިޔެވުން ފެށި ދުވަހެވެ. 75000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ރާއްޖޭގެ 223 ސްކޫލްގައި މިއަދު ކިޔެވުން ފެށިއިރު 6400 ޓީޗަރުން ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. އެއީ 4200 ދިވެހި ޓީޗަރުންނާއި 2200 ބިދޭސީ ޓީޗަރުންނެވެ.

10606402_1286835271343020_7127842389536648015_n

އެޑިއުކޭޝަން މިނިސްޓްރީންބުނީ މިއީ މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރި ބިދޭސީ ޓީޗަރުންނަށް ވުރެެ ބޮޑުތަން ދަށް އަދަދެއް ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top