ތަފާތު ބޮޑުކޮށް އޭދަފުށި މޮޅުވެއްޖެ

12562555_574980976000877_1546490190_o.jpg

14 ޖެނުއަރީ : އޭދަފުޢްޓާއި ނޮޅިވަރަމު ބައްދަލުކުރި މެޗު : ފޮޓޯ : އީޓީ

މިނިވަން 50 މުބާރާތުގެ 3ވަނަ ބުރުގައި މިއަދު އޭދަފުށި ކުޅުނު ދެވަނަ މެޗުގައި ނޮޅިވަރަމާއި ބައްދަލުކޮށް 4-1ގެ ބޮޑުތަފާތަކުން އޭދަފުށި މޮޅުވެއްޖެއެވެ.

ކުޅުދުއްފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ކާމިޔާބު ކުރީ މެޗުގެ 2ވަނަމިނިޓުގައި އޭދަފުށީގެ އާދަމް ނިޒާމް (ކިތުނާ ) އެވެ. އެގޯލު އޭނާ ކާމިޔާބުކުރީ އިޝާން ނަގައިދިން ކޯނަރަކުން ބޮލުންޖަހައިގެންގޯލުތެރެއަށް ވައްދާލައިގެންނެވެ. މެޗުގެ 9ވަނަ މިނިޓްގައި  އޭދަފުށްޓަޑް ދެވަނަ ލަނޑު ޖަހައިދިނީ ފާސިރުއެވެ.  ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކުގައެވެ.

އޭދަފުށީގެ ސަޕޯޓަރުން . ފޮޓޯ : އީޓީ

އޭދަފުށީގެ ސަޕޯޓަރުން . ފޮޓޯ : އީޓީ

ދެވަނަ ހާފު ފެށުމާއެކުހެން ނޮޅިވަރަމުވެސް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދާތަން ފެނުނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 55ވަނަ މިނިޓުގައި ލަނޑެއް ޖަހައި ލަނޑުބޯޑުން 0 ކަނޑުވާލިއެވެ. މިލަނޑާއެކު އޭދަފުށީގެ ކުޅުން ވަރުގަދަކޮށް މަޖިއްޓޭގެ 3ވަނަ ލަނޑާއެކު ލީޑު ފުޅާ ކުރިއެވެ.  އަދި ފަހު ވަގުތުކޮޅު އޭދަފުށީގެ ކިތުނާ  އޭނާގެ ދެވަނަ ލަނޑު ޓީމަށް ކާމިޔާބު ކޮށްދިނެވެ.

މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ފޯކައިދޫއާއި މާމިގިއްޔެވެ. އޭދަފުށި ދެން ބައްދަލުކުރާނީ ފޯކައިދޫއާއެވެ. އެމެޗު އޮންނާނީ އަންނަ ހޯމަދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top