ރަންބީރުކަޕޫރު- ކެޓްރީނާގެ ގުޅުން ނިމުމަކަށް

Ranbir-kapoor.jpg

ބޮލީވުޑްގެ އެންމެ ރޮމޭންޓިކް ޖޯޑުގެ ގޮތުގައި ފާހަގަކުރެވިފައިވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ބްރޭކްއަޕްވެއްޖެކަމަށް ބޮލީވުޑް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފިއެވެ. މި ދެތަރިންގެ ގުޅުން ނިމުމަކަށް އަންނަން ޖެހުމުގެ އަސްލު ސަބަބާހަމައަށް އަދި ދެވިފައި ނުވިޔަސް ރަންބީރު ވަނީ މީގެ ދެދުވަސްކުރިން އޭނާގެ އާއިލާއާއެކު ދިރިއުޅެން ބައްޕަ ރިޝީކަޕޫރު ގަނެފައިވާ އާ އެޕާޓްމެންޓަށް ބަދަލުވެފައެވެ. އެހެންނަމަވެސް ކެޓްރީނާ ހުރީ މިދިޔަ އަހަރުންފެށިގެން އެދެމީހުން އެކުގައި އުޅެން ގަނެފައިވާ އަގުބޮޑު އެޕާޓްމަންޓްގައި އެމީހުންގެ އެތައް ހަނދާންތަކެއް އެކުލެވިފައިވާ ގޭގައި އެހަނދާންތަކާއެކު އެކަނިމާ އެކަންޏެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ރަންބީރުއާއި ކޭޓް ބްރެކްއަޕްވިއިރު ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ އާއެކު ތަމާޝާ ކުޅުނުދުވަސްވަރު އަނެއްކާވެސް ދެމީހުންގެ ގާތްކަން ވަރަށް ބޮޑުވެފައިވާކަމުގައެވެ. ފިލްމް ނިމިގެން ދެންފެނުނީ ދެމީހުން އެކުގައި ފިލްމް ޕްރޮމޯޓް ކުރުމުގައި ވަރަށް އަވަދިނެތި އުޅެމުންދާތަނެވެ. ދެތަރިން އެކުގައިވަނީ ގިނަ ތަންތަނަށް ދަތުރުކޮށް އެކުގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ. މިއީ އަނެއްކާވެސް ރަންބީރުގެ މާޒީ އޭނާއަށް އާފިލާވަޅެއްދަސްކޮށްދިން ކަމެއްކަމާއި އަދި އެހިސާބުން ރަންބީރުއާއި ކޭޓްގެ ގުޅުމަށްވެސް އަސަރުފޯރަމުން ދިޔަކަމުގައި ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.

މި ލަވްބާޑްގެ ނިމުން މިގޮތަށް އައުމަކީ އެދެތަރިންގެ ސަޕޯޓަރުންނަށް ލިބުނު ހިތާމަވެރި ޚަބަރެއްގެ ގޮތުގައި ބޮލީވުޑް ނިއުސްއިން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top