ފުޅަދޫގައި ގެނބިގެން މީހަކު މަރުވެއްޖެ!

DSCN4312.jpg

ފުޅަދޫ---އީވީ ފޮޓޯ

ބ.ފުޅަދޫގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ފަހު 1:30 އެހާކަށް ހާއިރު ކަމަށް ފުޅަދޫ ކައުންސިލުން މައުލޫމާތު ދެއްވަ އެވެ.

އެމީހުންނަކީ މާލެއިން އެރަށަށް ޗުއްޓީ ހޭދަ ކުރުމަށް އިއްޔެ އައި ބައެއް ކަމަށާއި އެމީހުންނާއެކު ފުދޭވަރަކަށް ގިނަ މީހުން އައި ކަމަށެވެ.

ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު ވިދާޅުވީ، މި ހާދިސާގައި މަރުވީ 36 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި މީހާ މަރުވީ ، އޭނާއާ އެކު މޫދަށް ގޮސް އުޅުނު ދެ ކުއްޖަކު އޮޔާ ދަނިކޮށް ސަލާމަތް ކުރަން އުޅެނިކޮށް ކަމަށެވެ.

އަޒުހަރު ވިދާޅުވީ، އެމީހާ ނިޔާވުމުގެ ކުރިން އެތަނުން އެއްކުއްޖަކު އޮޔާ ދަނިކޮށް ސަލާމަތް ކުރި ކަމަށާއި ދެވަނަ ކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އޭނާ ގެނބިގެން މަރުވީ ކަމަށެވެ. ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައި ކަމަށް އަޒުހަރު ވިދާޅުވި އެވެ

މަރުވި މީހާއާއި އޮޔާ ދަމައިގަތް ކުދިންނަކީ ޗުއްޓީއަށް ފުޅަދޫއަށް އައިސް އުޅޭ ބައެކެވެ

މި ހާދިސާ ހިނގައި ދިޔަ ގޮތް ބެލުމަށްޓަކައި ފުުލުހުން މިހާރު އެރަށަށް ގޮސްފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

މަރުވި މީހާ އާއިލާގެ އެދުމުގެ މަތިން މިހާރު އެމީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top