”ކީ ސްޓޭޖް 4އާއި 5ގެ ޑިޖިޓަލް ޓެކްސްޓް ފޮތްތައް އަންނަ އަހަރު ބޭނުންކުރަން ފަށާނެ“

ް

އެޑިއުކޭޝަން މިނިސްޓަރު، ޑރ.އައިޝަތު އަލީ ދެ ދަރިވަރުންނާއި އެކު

ކީ ސްޓޭޖް ހަތަރަކާއި ފަހެއްގެ ޑިޖިޓަލް ޓެކްސްޓް ފޮތްތައް އަންނަ އަހަރު ބޭނުންކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ފަންސާހަކަށް ސްކޫލުގައި ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒް ކޮށްގެން ކިޔަވައިދެމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން އަންނަ އަހަރުގެތެރޭގައި ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 04 ގައި ހިމެނޭ ގްރޭޑް 09 އާއި ގްރޭޑް 10 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ކީސްޓޭޖް 05 ގައި ހިމެނޭ ގްރޭޑް 11 އާއި ގްރޭޑް 12 އިގެ ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ޑިޖިޓަލް ޓެކްސްޓް ފޮތްތައް ބޭނުންކުރަން ފަށާނެކަމަށް ވެސް މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެޑިއުކޭޝަންގެ އަމާޒަކީ ކިޔަވައިދިނުމުގެ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ފެންވަރު ރަނގަޅު ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މުސްތަގްބަލުގައި ވެސް ކޮވިޑްފަދަ ހާލަތެއް މެދުވެރިވެދާނެކަމަށް ބަލައި އިންޓަނެޓްގެ މެދުވެރިކޮށް ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަށް މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިހާރު ޓެބްލެޓް ނެތް ދަރިވަރުންނަށް ޓެބްލެޓްތައް ހޯދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށާއި ގްރޭޑް 3 އިން މަތީގެހުރިހާ ދަރިވަރުންގެ އަތުގައި ޓެބްލެޓް އޮންނާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top