ފެހެންދޫ ބަނދަރުހެދުމުގެ މަޝްރޫއުގެ އަޕްޑޭޓް ދީފި

big_jlGtfLgrnO2gnckQ2N22ux0dl.jpg

ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ --ފޮޓޯ :އެމްޓީސީސީ

ސަރުކާރުން އެމްޓީސީސީ އާ ހަވާލު ކޮށްގެން އަތޮޅު ތެރޭގައި ކުރިއަށްގެންދާ މަޝްރޫއު ތަކުގެ އަޕްޑޭޓް ހާމަކުރާ އުސޫލުން އެކުންފުނިން ކުރިއަށް ގެންދާ ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަޕްޑޭޓް ދީފި އެވެ.

އެމްޓީސީސީން ބުނީ ފެހެންދޫ ބަނދަރު މަޝްރޫއުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށާ އެ މަސައްކަތުގެ ތެރެއިން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ފެހެންދޫގެ ނެރުން 25،000 ކޮޑިމީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފަޅުން 18،500 ކޮޑިމީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީ އިން ބުނެ އެވެ.

މީގެ އިތުރުން 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއެކު ބަނދަރުގެ މަގުބައްތި އާއި ނެރުބައްތި ހަރުކުރުމާއި، 558 އަކަމީޓަރު ސަރަހައްދެއްގައި ޕޭމަންޓް ހެދުން ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 49.66 މިލިއަން ރުފިޔާއެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 10 ނޮވެމްބަރ 2019 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top