ކައުންސިލް އިންތިޚާބު: އޭދަފުށީގެ ގޮނޑިތައް މިފަހަރުވެސް ތަފާތު ބޮޑުކޮށް ޕީޕީއެމް އަށް!

viber_image_2021-04-11_09-28-33.jpg

ފޮޓޯ :ސޯޝަލް މީޑިއާ

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ނިމި ރޭ ވަރަށް ދަންވި ފަހުން އޭދަފުށީގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފައިވާއިރު އެންމެ ގޮޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ޕީޕީއެމް ކާމިޔާބު ކޮށްފިއެވެ.

މި އިންތިޚާބުގައި ޕީޕީއެމް ވަނީ އޭދަފުށީ ކައުންސިލްގެ ރައީސްގެ ގޮނޑިއާއި ކައުންސިލަރުންގެ ތެރެއިން އަންހެނުންނަށް ޚާއްސަ 3 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް ކަށަވަރު ކޮށްފައެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑި އެއްވެސް ވަނީ ޕީޕީއެމް ނަގާފައެވެ.

އޭދަފުށީގައި ބެހެއްޓި 3 ފޮށީގެ ޖުމްލަ ވަގުތީ ނަތީޖާ

އޭދަފުށީ ކައުންސިލްގެ މެންބަރު

  • އަބްދުﷲ ރަޝީދު ޕީޕީއެމް 618
  • ޒައިދު އަލީ (ޕީޕީއެމް) 665
  • މުހައްމަދު ޒާހިދު (އެމްޑީޕީ) 298
  • ނައުޝާދު އަހްމަދު (އެމްޑީޕީ) 321
  • އަލީ ޝަފީޤު (ޕީޕީއެމް) 603
  • އަހްމަދު ނާސިރު (އެމްޑީޕީ) 261
  • ބާތިލު ވޯޓު: 242
  • ކައުންސިލްގައި އަންހެނުންނަށް ޚާއްސަ ތިން ގޮނޑި
    • ނާޒްނީނާ ޔޫސުފް ޕީޕީއެމް 552
    • ޢާއިޝަތު ސަމްޙާ (އެމްޑީޕީ) 421
    • ފާޠިމަތު ޢަބްދުލްޣަފޫރު (އެމްޑީޕީ) 290
    • ޒަހިއްޔާ އިބްރާހީމް (ޕީޕީއެމް) 641
    • ޔަތީމާ ޙުސައިން (އެމްޑީޕީ) 253
    • ޙައްވާ ސަމީޙާ (އަމިއްލަ) 402
    • ބާތިލު ވޯޓު: 406

އަތޮޅު ކައުންސިލުގެ ރައީސް

  • މުޙައްމަދު ޝަކީލް (ޕީޕީއެމް) 675
  • އަހްމަދު އަފްރާޙް (އެމްޑީޕީ) 352
  • ބާތިލު ވޯޓު: 94

 އޭދަފުށީ ކައުންސިލްގެ ރައީސް

  • މުހައްމަދު ފާތިހު (ޕީޕީއެމް) 735
  • އަހްމަދު ރަޝީދު (އެމްޑީޕީ) 269
  • ބާތިލު ވޯޓު :117

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

  • ޢާއިޝަތު ނަޛީރާ (އެމްޑީޕީ) 352
  • ފާޠިމަތު ޢަބްދުއްރަޙްމާނު (ޕީޕީއެމް) 569
  • ޝަމްލާ ޢަބްދުﷲ (ޕީޕީއެމް) 498
  • ނާޝިދާ ޢަބްދުއްރަޙީމް (އެމްޑީޕީ) 372
  • މިލްނާ ޢަލީ (ޕީޕީއެމް) 445
  • ޒީމާ އިބްރާހީމް (ޕީޕީއެމް) 541
  • ފާޠިމަތު ރީމާ (އަމިއްލަގޮތުން) 258
  • ޝާޒްލީން މުޙައްމަދު (ޕީޕީއެމް) 514
  • ސުހާނާ ޙުސައިން (އެމްޑީޕީ) 234
  • ބާތިލުވޯޓު: 435

މިއީ އޭދަފުށީގައި ބެހެއްޓި 3 ފޮށީގެ ވަގުތީ ނަތީޖާއެވެ. މާލެއާއި ރިސޯޓުތަކާއި އަތޮޅުތެރޭގައި ބަހައްޓާފައިވާ ފޮށިތަކުގެ ނަތީޖާ ލިބޭ އިރު މިނަތީޖާއަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެކެވެ.

މިއިންތިޚާބުގައި އެހެން އަހަރުތަކާ އަޅާބަލާއިރު ބާތިލުވޯޓު ގިނަކަން ފާހަގަކުރެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top