ކަމަދުއަށް ޒިޔާރަތްކުރި ގެސްޓުންނަށް ހޫނު މަރުހަބާ އެއް

viber_image_2020-11-21_19-57-19.jpg

ގެސްޓްހައުސް ވިޔަފާރީގައި ބ.އަތޮޅުގައި އެންމެ ކާމިޔާބު ރަށް ކަމުގައިވާ ކަމަދޫ އިން އެރަށުގެ ގެސްޓް ހައުސްތަކަށް މިއަދު ޒިޔާރަތްކުރި ގެސްޓުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ކަމަދުއަށް މިއަދު ޒިޔާރަތްކުރި ގެސްޓުންނަށް މަރުހަބާ ކިއުމުގެ ގޮތުން އެރަށުގެ ކައުންސިލާއި މިދާއިރާގެ މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބޮޑު ބެރާއި ދަނޑީގެ އިތުރުންވެސް މާފަތިނެށުމާއި ސަގާފީ ތަފާތު ހަރަކާތްތަކާއެކު ކުރިއަށް ގެންގޮސްފަ އެވެ. މި އިވެންޓްތައް އެރަށަށް މިއަދު ޒިޔާރަތްކުރި ފަތުރުވެރިންނަށް ވަނީ ވަރަށް ކަމުގޮސްފައި ކަމަށް ކަމަދޫގައި ގެސްޓް ހައުސް އެއް ހިންގާ މީހަކު ބުންޏެވެ

ކަމދޫ ކައުންސިލުން ބުނީ އެރަށަކީ ވަރަށް ގިނައިން ގެސްޓުން ޒިޔާރަތްކުރާ ރަށެއް ކަމަށާއި އެރަށުގައި ތިން ގެސްޓްހައުސް އޮޕަރޭޓް ކުރަމުންދިޔައިރުވެސް 70 އާއި 100 ދެމެދުގެ އަދަދަކަށް މެދު ނުކެނޑި ގެސްޓުން އަންނަކަމަށެވެ.

 

ކޮވިޑް-19 އަށް ބަންދުކުރުމަށްފަހު ރާއްޖޭގެ ބޯޑަރު އަކުން ހުޅުވާލިފަހުން މީހުން ދިރިއުޅޭ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

ހަސަތޭކައަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކަމަދޫ ގައި މިހާރުވެސް ނުވަ ވަރަކަށް ގެސްޓްހައުސް ހުންނަކަމަށް އެރަށުގައި ގެސްޓްހައުސް ވިޔަފާރި ކުރާ މީހަކުއީވީ އަށް މައުލޫމާތު ދެމުން ބުނެއެވެ.

ކަމަދޫ ކައުންސިލުން،  އެރަށަށް ޒިޔާރަތްކުރާ ގެސްޓުންނާއި އެހެން ފަރާތްތަކުންވެސް ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭގެ ގައިޑްލައިންތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސް ކުރައްވަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top