”ހޯޕް އައިލެންޑް“ގެ މަސައްކަތް ފަށައިފި

335554_72f692d0-1_-850x548-1.jpg

ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން

ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން ރިހެބިލިޓޭޓް ކުރުމުގެ ގޮތުން ސަރުކާރުން ތަރައްގީކުރާ ”ހޯޕް އައިލެންޑް” ގެ މަސައްކަތް ކުރިއަށްދާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.
ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ”ހޯމްޓީމް” ޕްރެސްގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިން ހަރުދަނާ ބައެއްގެ ގޮތުގައި ހަދައި މުޖުތަމައަށް ނެރުން ކަމަށެވެ.
އިހުސާން ވިދާޅުވީ ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ މިހާރު 15 އަހަރު ކަމަށްވިޔަސް އެ އުމުރު 12 އަހަރަށް ދަށް ކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ކުރުމަށް ނިންމާފައިވަނީ ކުޑަކުދިންގެ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމަށް ކަމަށާއި އެކަމަށް ގެންނަން ޖެހޭ ގާނޫނީ ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

އިހުސާން ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ވަކި ރަށެއް މިކަމަށް ގާއިމުކޮށް އެ ރަށުގައި އެކުދިންނަށް ވަކި ޕްރޮގްރާމްތަކެއް ހިންގައިގެން ރިހެބިލިޓޭޝަން ދެވުމުގެ ނަތީޖާއަކަށް ވާނީ ގޮތުން މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ވެގެން ދިޔުން ކަމަށް އިހުސާން ވިދާޅުވި އެވެ.  އަދި “ހޯޕް އައިލެންޑް”ގެ ނަމުގައި މި ރަށް ގާއިމުކުރުމުގެ ތައްޔާރީތައް ކުރިއަށް ދާކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

މީގެ އިތުރުން އެކުދިންނަށް 18 އަހަރުވިމުން ފުލުހުން ނުވަތަ ސިފައިންގެ ހިދުމަތައް ވެއްދުން އަދި ވަކި މުއްދަތަކަށް ފަހު އެކުދިން ބޭނުންވާ ދާއިރާ އަށް ނިކުތުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top