ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީ ކުރަނީ

ކހ.jpg

ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް ދިރާސީ އާއަހަރާއެކު އޭސީކުރުމުގެ މަޝްރޫއެއް ފައްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ދިރާސީ އަހަރާއެކު ތައުލީމީ ދާއިރާގައި ހިންގާނެ ބައެއް މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ޝަފީއު، ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މަޝްރޫއުގެ ދަށުން ސަރުކާރުގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތައް އޭސީ ކުރާނެ ކަމަށެވެ.

”ﷲގެ ވާގިފުޅާއެކު މިފެށޭ ދިރާސީ އަހަރު ތައުލީމީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ގިނަ ޕްރޮޖެކްޓުތަކެއްވަނީ ރޭވިފައި،“ މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގްރާމް ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމާއެކު މުދައްރިސުންނަކީ ގަދަރުވެރި ބައެއްކަމުގައި ހެދުމުގެ އަމަލީ މަސައްކަތް ފެށޭނެކަން  ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު ޓީޗަރުންގެ އެންމެ ބޮޑު އެއް ޝަކުވާ ކަމަށްވާ، ރަސްމީ މަސައްކަތު ވަގުތުގެ ބޭރުން ސްކޫލުގައި މާ ގިނަ ވަގުތު ހޭދަކުރަންޖެހުން ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކްލާސްރޫމުތައް ހޫނު ގަދަވުމުގެ ސަބަބުން ކިޔަވާ ކުދިންގެ ކަންބޮޑުވުންތައް މި ފަހުންވަނީ ވަަރަށް ބޮޑަށް ފެންމަތިވެފައެވެ. ކްލާސްރޫމުތައް ހޫނުގަދަ ވުމުގެ ޝަކުވާ ދަރިވަރުން ވެސް ކުރެއެވެ. ނަމަވެސް އޭސީ ކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމުން މިހާތަނަށް ވެސް އެ ކަން ނުކޮށް އޮތީ ދޫކޮށްލައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top