މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް!

DSCN7576.jpg

މޫސުން ގޯސް ދުވަހެއް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެެ.

ޔެލޯ އެލާޓް ނެރެފައިވަނީ, ބ.އަތޮޅުން ފެށިގެން ގއ އަތޮޅާ ހަމައަށެވެ.

މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ, 21:15 އިން ފެށިގެން 01:30 އާ ހަމައަށެވެ. އެ ވަގުތު އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އިން ލަފާކޮށްފައިވެއެވެ.

ރީނދޫ ސަމާލު ނެރެފައިވާ ވަގުތުތަކުގައި ކުދި އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ. އަދި ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށްވެސް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top