އައިއެސްއިން ވަގަށްނަގާފައިވާ ދެމީހަކު ވިއްކާލަނީ

އައިއެސް އިން ވިއަކާލަން އިޝްތިހާރުކޮށްފައިވާ ދެމީހުން

އައިއެސް އިން ވިއަކާލަން އިޝްތިހާރުކޮށްފައިވާ ދެމީހުން

އައިއެސް ޖަމާއަތުން ވަގަށް ނަގާފައިވާ ދެމީހަކު ވިއްކާލަން އިއުލާން ކޮށްފިއެވެ.

އެޖަމާއަތުގެ ފަރާތުން ހިންގަމުން އަންނަ އޮންލައިން ނޫހެއްކަމުގައިވާ “ދާބިގް’ގައި މިކަން އިޝްތިހާރުކުރުމުގެގޮތުން ލިޔެފައިވަނީ  ވަކި އަގެއްކަނޑައެޅިފައިނުވާކަމަށާއި މިއީ “ލިމިޓެޑް ޓައިމް އޮފަރ “އެއްކަމުގައެވެ. އަދި އެންމެ ރަނގަޅު އަގެއްހުށަހެޅި ފަރާތަކަށް އެމީހުން ހަވާލުކުރާނެކަމަށްވެސް އެއިޝްތިހާރުގައި ވެއެވެ.

މިދެމީހުން ވިއްކާލަން ނިންމި ސަބަބެއްކަމަށް ބުނެފައިވަނީ އެދެމީހުން ނިސްބަތްވާ ގައުމުތަކުން އެމީހުންނާ އަޅާނުލުމުން ކަމުގައެވެ.

އެމީހުންގެ ތެރެއިން އެކަކީ ޗައިނާ މީހެކެވެ. އަނެކަކީ ނޯވޭ މީހެކެވެ.

މިކަމާބެހެގޮޓުން ނޯވޭއިން ބުނެފައިވަނީ އެގައުމުގެ މީހަކު އައިއެސްއިން ވަގަށް ނަގާފައިވާކަމަށާއި ބަދަލެއްގެ ގޮތުން ބޮޑެތި ޑިމާންޑްތަކެއް ހުށަހެޅިކަމުގައެވެ. އެހެންނަމަވެސް އެއީ ޓެރަރިސްޓް ޖަމާއަތަކަށް ވާތީ ޓެރަރިސްޓުންނަށް ދޭންޖެހޭނެ ބަދަލެއް ނޯންނާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top