ޕްރައިމަރީ ގްރޭޑް ނިންމާ ދަރިވަރުންގެ ފެންވަރު ވަޒަން ކުރަން ގްރޭޑް 6 ގެ ދަރިވަރުންނަށް ބާއްވާ ގައުމީ އިމްތިހާނު އަންނަ މަހު ބާއްވަން ނެޝަނަލް އިންސްޓިޓިއުޓް ފޯ އެޑިޔުކޭޝަން (އެންއައިއީ) އިން ނިންމައިފި އެވެ.
މި އިމްތިހާނު ބާއްވަން ތާވަލު ކޮށްފައި ވަނީ އަންނަ މަހުގެ 6 އިން 10 އަށެވެ. އިމްތިހާނު ނަގަނީ ދިވެއްސާއި އިސްލާމާއި ހިސާބާއި އިނގިރޭސި އަދި ސައިންސް އިންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕްރައިމަރީ ނިންމާ ދަރިވަރުންގެ އުގެނުން މިން ކުރެވޭނެ އެންމެ އެކަށީގެންވާ ލާނިން ޑޭޓާ މިހާރު ނުހުންނަ ކަމަށާއި ގައުމީ މަންހަޖުގެ އިމްތިހާނެއްގެ ގޮތުގައި ކީ ސްޓޭޖް 2 ނިންމާ ދަރިވަރުންނަށް ދެވޭ އިމްތިހާނުގެ ސަބަބުން ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރަން ކުރަން މަސައްކަތްތައް ދެނެގަނެވޭނެ ކަމަށެވެ.
އިނގިރޭސިވިލާތާއި ސިންގަޕޫރު ފަދަ ގައުމުތަކުގައިވެސް ވިލާތުގައި ޕްރައިމަރީ ނިންމާ ދަރިވަރުންނަށް ވެސް މިފަދަ އިމްތިހާނުތަައް ދެވި، ފެންވަރު ވަޒަން ކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.






