ކޮވިޑް-19 : އޭދަފުށިން ނެގި ހުރިހާ ސާމްޕަލް ނެގެޓިވް

edd4465fcf0339414fb74e8454e8a5cb.jpg

އެޗްޕީއޭއިން މާލޭގައި ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން

ކޮވިޑް-19 އާ ގުޅިގެން އޭދަފުށިން ނެގި ހުރިހާ ސާމްޕަލް ވެސް ނެގެޓިވް ކަމަށް ބ.އަތޮޅު ހޮސްޕިޓަުން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑް އޮތް މިންވަރު ދެނެގަތުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ރެންޑަމްކޮށް ނަގަމުން ގެންދާ ސާމްޕަލްތަކުގެ ތެރެއިން 3 ޖޫން ގައި އޭދަފުށިން ވަނީ ނެގި 65 ސާމްޕަލް ނަގާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 1901އަށް ވަނީ އަރާފައެވެ.

ހަމައެއާއެކުބަލި ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެސް ވެފައެވެ. އެގޮތުން  މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 763 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން މިބަލީގައި 8 މީހަކު ވަނީ މަރުވެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top