ކޮވިޑް-19: މިހާރު އަމިއްލަ ރަށުގައިވެސް ކަރަންޓީނު ވެވޭނެ.

b_tBqSMzWvA9DakAmstRVtm3iUk.jpeg

ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު އެނބުރި ރަށަށް ދާން ބޭނުންވާ މީހުން ރަށަށް އައިސް 24 ދުވަހުގެ ހޯމް ކަރަންޓީނުގައި ތިބޭ ގޮތަށް ކަރަންޓީނު ކުރުމާ ބެހޭ އުސޫލެއް ނެރެ އަމަލު ކުރަން ފަށައިފިއެވެ.

އެ އުސޫލުގައިވާ ގޮތުން ރަށްރަށަށް ދާން ބޭނުންވާ މީހުން ކައުންސިލްތަކުގައި ރަޖިސްޓްރީ ކުރެވެން ޖެހެއެވެ. އަދި ކައުންސިލުން އެމީހަކު ކަރަންޓީންވާ ގެއަކީ ހޯމް ކަރަންޓީންގެ އުސޫލުތަކަށް ފެތޭ ތަނެއްތޯ ބަލަންވެސް ޖެހެއެވެ.

އެކަންކަން ބެލުމަށްފަހު ކައުންސިލުން އެކަމުގެ ލިސްޓެއް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ އަށް ފޮނުވަން ޖެހެއެވެ.

އުސޫލުގައި ބުނެފައިވާ ގޮތުން ރަށްރަށަށް ދާ މީހުން އެރަށަކަށް ގެންދާނީ ސަރުކާރުގެ ހަރަދުގައެވެ.  ނަމަވެސް ރަށަށް ދާން ބޭނުންވާ މީހާ ފޮނުވާނީ އެމީހަކީ ކޮވިޑް19 ގެ އެއްވެސް އަލާމާތެއް ނެތް މީހެއްތޯ ބެލުމަށް ފަހުއެވެ.

މީގެ އިތުރުން ރަށަށް ދާން ބޭނުންވާ މީހާ ކަރަންޓީނުގައި ހުންނަ ގެއަކީ އުމުރުން 60 އަހަރުން މަތީގެ މީހަކު ނުވަތަ މާބަނޑު މީހަކު ނުވަތަ ނޭވާ ހިއްލާ މީހަކު ނުވަތަ ކިޑްނީގެ ބައްޔަކަށް ބޭސް ކުރާ މީހަކު އުޅޭ ގެއަކަށް ވެގެން ނުވާނެއެވެ.

ކޮވިޑަށް ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1883 އަށް އަރާފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 717 އަށް އަރާފައެވެ. އަދި މިބަލީގައި 8 މީހަކު ވަނީ މަރުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top