ރާއްޖޭގެ ސްކޫލްތަކަށް ތަމޯމީޓަރު ހޯދަނީ.

12_780f57d9-f0c8-4d89-8f63-9276540c98a8_800x.jpg

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދު ކޮށްފައި އޮތުމަށް ފަހު އަލަށް ހުޅުވަން ތައްޔާރު ވާއިރު ސްކޫލްތަކުގައި ބޭނުން ކުރުމަށް 500ޑިޖިޓަލް އައިއާރް ތާމޯމީޓަރު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

ތަމޯމީޓަރު ހޯދަން ކުރި އިއުލާނުގައި ވަނީ މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ.

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

އިއުލާންގައިވާ ގޮތުން ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000ރ. ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ޖޫން 15 ގައި ކަމަށް އިއުލާނުގައިވެއެވެ.

ސްކޫލްތަކުގައި ބޭނުން ކުރުމަށް 500 ތަމޯމީޓަރު ހޯދަން އިއުލާނު ކޮށްފައިވާއިރު މިމަހުގެ 6 ވަނަ ދުވަހު ވަނީ ސްކޫލްތަކުގެ ކުލާސްރޫމްތަކުގައި އަތް ދޮންނަން ބޭނުން ކުރުމަށް 12500 ސައިބޯނި ފުޅި ހޯދަން ވެސް އިއުލާންކޮށްފައެވެ.

ރާއްޖޭގެ ސްކޫލްތަކަށް އަތްދޮންނަ ސައިބޯނި ފުޅި ހޯދަނީ.

އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރީން ބުނެފައި ވަނީ ސްކޫލްތައް ހުޅުވާ އިރު، އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ގޮތުން ގައިދުރުކަން ކަށަވަރުކުރުމާއި ދަރުވަރުންގެ ހުން ބެލޭނެ އިންތިޒާމުތައް ހަމަޖެއްސުން ފަދަ ކަންކަން ކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top