ރާއްޖޭގެ ސްކޫލްތަކަށް އަތްދޮންނަ ސައިބޯނި ފުޅި ހޯދަނީ.

215345_3_1e54951f5f3a57ee6ad46386bb8ba6ab1964c792_medium.jpg

އެޑިއުކޭޝަން މިނިސްޓަރު،އައިޝަތު އަލީ--ފޮޓޯ :ރައީސް އޮފީސް

ރާއްޖޭގެ ސްކޫލަތަކަށް 12500، އަތްދޮންނަ ސައިބޯނި ފުޅި ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ޔުނިސެފްގެ “ސްކޫލް ވޮޝް ޕްރޮގްރާމް” ގެ ނަމުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމްގެ ދަށުން ސްކޫލްތަކުގެ ކްލާސްރޫމްތަކަށް 500 އެމްއެލްގެ 12,500 އަތްދޮންނަ ސައިބޯނި ފުޅި ހޯދަން ބޭނުންވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ.

ޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިއަދުން ފެށިގެން، މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް، [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މިކަމާއި ގުޅޭ މައުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ 9997721 ނުވަތަ 9715353 އަށްކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރާއިރު، ރަޖިސްޓްރީކުރަން ހުށަހަޅާ ވިޔަފާރީގެ ނަމާއި، އީމެއިލް އެޑްރެހާއި ގުޅޭނެ މޯބައިލް ނަންބަރު ހިމަނަން ޖެހޭނެ އެވެ.

ބީލަން ފޮނުވަން ޖެހޭނީ މި މަހުގެ ނުވަ ވަނަ ދުވަހުގެ 11:00 ގެ ކުރިންނެވެ.

ރާއްޖޭގެ ސްކޫލްތައް އަލުން ފަށާއިރު ކޮވިޑް-19 އިން ރައްކާތެރި ވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top