ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ.

b_tBqSMzWvA9DakAmstRVtm3iUk.jpeg

ކޮވިޑް ޖެހިގެން ރާއްޖޭގައި އިތުރު މީހަކު މަރުވެއްޖެއެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މައުލޫމާތު ދިން ގޮތުގައި ކޮވިޑް-19 ޖެހިގެން މިއަދު ހެނދުނު 6:20 ގައި މަރުވީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ އަންހެނެކެވެ.

މިއީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މަރުވި ހަތް ވަނަ މީހާ އެވެ.

މިއަދު މަރުވި މީހާގެ އިތުރުން، ރާއްޖެއިން މި ބަލި ޖެހިގެން މިހާތަނަށް 6 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 54 އަހަރުގެ ބިދޭސީއަކާއި 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 1829 އަރާފައެވެ. މީގެ ތެރެއިން ޖުމްލަ 1333 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top