ޖަލުތަކުގައި ހަރުކަށި ފިކުރަށް މީހުން ރެކްރޫޓް ކުރޭ

viber_image_2022-03-08_17-26-07-596.jpg

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު

ރާއްޖޭގެ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުމަށް މީހުން ރެކްރޫޓް ކުރަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ޕްރިޒަން އޮފިސަރުންނަށް ހިންގި “ޕްރިންސިޕަލްސް އެންޑް ކޮންސެޕްޓްސް އޮފް ކައުންޓަރިންގ ވަޔަލަންޓް އެކްސްޓްރީމިސްމް އެންޑް ހައި ސެކިއުރިޓީ ޕްރިޒަން އޮޕަރޭޝަންސް” ޕްރޮގްރާމް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަމުންދާ މައްސަލައަކީ މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކަމެއް ކަމަށެވެ. ޖަލު ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން އެކަން ހުއްޓުވުމަށް އެމްސީއެސް އިން ހުޝިޔާރު ވާންޖެހޭނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ޓްރޭނިންގ ޕްރޮގްރާމަށް އިޝާރާތް ކުރައްވަމުން ސީޕީ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް، މަސައްކަތު މާހައުލުގައި މި ޓްރޭނިން އިން ލިބުނު އިލްމުގެ އަލީގައި، މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެގޮތުން ސީޕީ ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް ޝުކުރު އަދާ ކުރައްވައި މުސްތަޤުބަލުގައި ވެސް މިފަދަ މުހިއްމު ޓްރޭނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމާ ބެހޭގޮތުން ޕްރިޒަން އޮފިސަރުން ހޭލުންތެރިކުރުވުމެވެ. މިގޮތުން މިފަދަ ޤައިދީން ރިހެބިލިޓޭޓްކުރުމުގެ ގޮތުން މާފުށީ ޖަލުގައި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް (އެސްއެމްޔޫ) ވަނީ ގާއިމްކޮށްފަ އެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި މާފުށީ ޖަލުގެ 28 އޮފިސަރުން ބައިވެރިވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top