މާލޭ ސަރަހައްދުގެ ކާފިއު އުވާލައިފި

big_6O7f4px46dmc4wPCdKuuphFrb.jpg

ކޮވިޑްވަބާގެ ބަލިމަޑުކަމާ ގުޅިގެން މާލޭ ސަރަހައްދުގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އާއި ހަމައަށް އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ އާއްމު ކޮށްފައިވާ އެންގުމެއްގައި ބުނެފައިވަނީ ރެއިން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާ ކޮށްފައިވާ އޮތް އޮތުން ބާތިލު ކޮށްފައިވާ ކަމަށެވެ.

ރޭ އުވާލާފައިވަނީ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު މާލެ ސަރަހައްދަށް އިއުލާންކުރި ކާފިއުއެވެ. އެފަހަރު ކާފިއު އިއުލާންކުރީ ރޭގަނޑު 10:00 އިން ފަތިހު 5:00އަށެވެ. އޭގެ ފަހުން ދެ ފަރަހެއްގެ މަތިން ވަނީ ކާފިއު ހިންގާ ގަނޑިތަކަށް ބަދަލު ގެނެސް، ލުއިތަކެއްދީފައެވެ.

މީގެ ކުރިން އެއް ފަހަރަކު ވަނީ މާލެ ސަރަހައްދަށް އިއުލާންކުރި ކާފިއު އުވާލައިފައެވެ. އެގޮތުން އޭޕްރީލް މަހުގެ ދޭކުން ފެށިގެން މާލެ ސަރަހައްދަށް އިއުލާންކުރި ކާފިއު އުވާލީ އެމަހުގެ ނުވަ ވަނަ ދުވަހުއެވެ.

ކާފިއު އުވާލި ނަމަވެސް، މާސްކް އެޅުން އަދިވެސް އޮތީ މަޖުބޫރު ކޮށްފައެވެ. މީގެ އިތުރުން މާލެ ސިޓީން ރާއްޖޭގެ އެހެން ރަށްތަކަށް ދަތުރު ކުރާއިރު ކަރަންޓީންވުމަށްވެސް އަދި ބަދަލެއް ނާދެއެވެ.

އެޗްޕީއޭ އިން ބުނީ މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top