ރާއްޖޭގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލައެއް ހުއްޓުވައި 6 މީހަކު ހައްޔަރަށް

police.jpeg

ރާއްޖޭގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލައެއް ހުއްުޓުވައި އެކަމާ ގުޅިގެން ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ ފުލުހުން ހާމަކުރި ގޮތުގައި ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ ޓެރަރިޒަމް އަމަލެއްގެ މައުލޫމާތު އިންޓެލިޖަންސަށް ލިބުމާ ގުޅިގެން އެކަން ހުއްޓުވައި އެ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ބަޔަކުވަނީ ހައްޔަރު ކޮށްފައެވެ.

އެ މައްސަލާ ގުޅިގެން މާލެއިން އެކަކާއި ކަނޑުމަތީގައި އޮތް ދޯންޏަކުންނާއި ތިމަރަފުށިން ވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތިމަރަފުށި ހައްޔަރު ކުރި އެކަކީ އެރަށު އެއާޕޯޓުގެ ޕަވާ ހައުސްގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. އަދި ތިމަރަފުށީން 31 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ.

ފުުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top