އަންނަ އަހަރު، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 43.8 މިލިއަން ރުފިޔާ

speed-gun-696x464.jpg

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް 43.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ވާގޮތުން ޖޫރިމަނާގެ ގޮތުގައި ލިބޭނެ އާމްދަނީގެ ތެރެއިން އެންމެ ގިނައިން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާތަކާއި ގަވާއިދާ ހިލާފުވެގެން ކުރާ ޖޫރިމަނާތަކެވެ. އެގޮތުން ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި 14 މިލިއަން ރުފިޔާ، ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި 10 މިލިއަން ރުފިޔާ އަދި އެގްރިމެންޓާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.

މުވައްޒަފުންގެ ގަޑީލާރި އާއި ޖޫރިމަނާގެ ގޮތުގައި 8.7 މިލިއަން ރުފިޔާ، ދަރަންޏާއި ގަޒިއްޔާ ޖޫރިމަނާގެ ގޮތުގައި 138،470 ރުފިޔާ އަދި ޓްރެފިކް ވަޔޮލޭޝަނުގެ ގޮތުގައި 5.1 މިލިއަން ރުފިޔާ އަދި އެހެނިހެން ޖޫރިމަނާގެ ގޮތުގައި ތިން މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޖޫރިމަނާގެ ގޮތުގައި 43.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު މި އަހަރުގެ ދައުލަތުގެ ބަޖެޓްގައި ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 102.5 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރަށް ލަފާކުރެވޭ ޖުމްލަ ބަޖެޓުގެ ގޮތުގައި މަޖިލީހަށް ހުށަހަޅާފައިވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 15.5 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top