ސަމާލު: އިންފްލުއެންޒާއާއި ޑެންގީ ގަދައަށް ފެތުރެނީ

dgBaXUzTMDBEqHKCvwnpafFoBcjJvdgOdfXJALnI.jpg

މާލެ ސަރަހައްދުައި އިންފްލުއެންޒާއާއި ޑެންގީ ހުން ވަރަށް ގަދައަށް ފެތުރެމުންދާތީ ސަމާލުވުމަށް ކުޑަކުދިންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް އިލްތިމާސް ކުރައްވައިފި އެވެ.

އެކްސް’ގައި ކުރެއްވި ޕޯސްޓެއްގައި ޑޮކްޓަރު ފައިސަލް ވިދާޅުވީ މާލޭގައި އިންފްލުއެންޒާ ވަރަށް ގަދައަށް ފެތުރެމުންދާ ކަމަށާއި މާލެ އަތޮޅުގައި ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ ކަަމަށެވެ. ޚާއްސަކޮށް މާލެ އަތޮޅު މާފުއްޓާއި، ހިންމަފުށީގައި ޑެންގީގެ ކޭސް އިތުރުވަމުންދާ ކަން ފައިސަލް ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ބައެއް ކުދިންގެ ގައިގައި ރިއްސާވަރުން ނުހިނގޭ ހާލަތަށް ވެސް ދާ ކަމަށާއި، އިންފްލުއެންޒާ އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މުހިންމު ކަމަށެވެ.

ޑެންގީ ހުމަކީ ޑެންގީ ވައިރަސްއާ ހެދި މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. ޑެންގީ މަދިރި (އީޑީސް މަދިރި) ބަލި މީހެއްގެ ގަޔަށް ޖެއްސުމަށްފަހު، އެހެން މީހެއްގެ ގަޔަށް ޖެއްސުމުން މިބަލި ފެތުރެއެވެ. މި މަދިރި އާންމުކޮށް ގިނައިން ހަރަކާތްތެރިވަނީ ދުވާލުގެ ވަގުތުގައެވެ.

ޑެންގީގެ ޢަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި، ބޮލުގައި ރިއްސުން، މަސްތަކާއި ހުޅުތަކުގައި ރިއްސުން، ހަށިގަނޑުން ބިހި ނެގުން، މޭނުބައިކޮށް ހޮޑުލެވުން ހިމެނެއެވެ. ބައެއް ފަހަރު އަނގައިންނާއި ނޭފަތުން ލޭއައުމަކީ ބަލި ސީރިއަސްވާން ފަށާ ކަމުގެ ނިޝާނެކެވެ.

މިދެބަލިން ސަލާމްތްވުމަށް މަދިރި އުފެދޭ ތަންތަން ނައްތައިލުމާއި މަދިރިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވަ އެވެ.

ހަމައެހެންމެ އަރިދަފުސް ރޯގާ، ކޮވިޑް އަދި އިންފްލުއެންޒާއިން ރައްކާތެރިވުމަށްޓަކާ ސައިބޯނި ލައިގެން އަތްދޮވުމާއި ކެއްސާ ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެ އެވެ. އަދި ބަލި ޖެހުމުން ނުރައްކާ ބޮޑުވެދާނެ މީހުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top