ޑިޕާޓްމަންޓްއޮފް އިމިގްރޭޝަންގެ ނަން ބަދަލުކޮށް އާ ޕާސްޕޯޓް ތައާރަފްކޮށްފި

big_QpfAx2GQVyusZao.jpg

އިމިގްރޭޝަންގެ ނަން ބަދަލުކުރުމާއި އާ ޕާސްޕޯޓް އިފްތިތާހު ކުރުމަށް ރޭ އޮތް ރަސްމިއްޔާތުގެ ތެރެއިން . ފޮޓޯ : އަވަސް އޮންލައިން

ޑިޕާޓްމަންޓްއޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ނަން މޯލްޑިވްސް އިމިގްރޭޝަންގެ ނަމަށް ބަދަލުކޮށް އާޕާސްޕޯޓެއް ތައާރަފް ކޮށްފިއެވެ.

ރޭ ހޮޓެލް ޖެންގައި އޮތް ރަސްމިއްޔާތުގައި އާ ޕާސްޕޯޓް އިފްތިތާހްކޮށްދެއްވީ ރައީސްލުޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއެވެ. މި ރަސްމިއްޔާތުގައި އިމިގްރޭޝަންގެ އާ ޔުނީފޯމާއި އީގޭޓްގެ ޚިދުމަތްވެސް ރައީސް ފައްޓަވައިދެއްވިއެވެ.

އެންމެފަހުގެ ސަލާމަތީ ފިޔަވަޅުތަކާއެކު އިފްތިތާހްކުރި ދިވެހި ބަޔޯމެޓްރިކް ޕާސްޕޯޓްގައި 34 ސަލާމަތީސިފަ ހުންނާނެކަމަށައި އާޕާސްޕޯޓްގެ ޑާޓާ ޕޭޖާއި ކަވަރުޕޭޖް ތައްޔާރުކޮށްފައިވަނީ ޕޮލީ ކާބަނޭޓުންކަމަށް މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު އަންވަރު މައުލޫމާތު ދެއްވިއެވެ.

ބަޔޯމެޓްރިކް ޓެކްނޮލޮޖީއަކީ ޕާސްޕޯޓްގެ ވެރިފަރާތުގެ ސިފަތައް ކެމެރާއައި ސްކޭނަރުގެ އެހީގައި ވަގުތުން އަޅާކިޔައި އޭގެ ސައްހަކަން ކަށަވަރުކޮށްދޭ އެންފަހުގެ ޓެކްނޮލޮޖީކަމާއި މިއީ ސާކްގައުމުތަކުގައި ބަޔޯމެޓްރިކް ޕާސްޕޯޓް ތައާރަފްކުރި ފުރަތަމަ ގައުމުކަމުގައި އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ އާޕާސްޕޯޓް ތައާރަފްކުރިނަމަވެސް މިހާރު ގެންގުޅޭ ޕާސްޕޯޓްވެސް މުއްދަތު ހަމަވަންދެން ބޭނުންކުރެވޭނެކަމަށާއި އާޕާސްޕޯޓް ހަދައިދޭ އަގުވެސް ބަދަލުނުވާކަމުގައެވެ.

ޖަރުމަނުވިލާތުގައި އުފައްދާފައިވާ މިއާ ޕާސްޕޯޓް ގައިވާ ދިވެހިވަންތަކަން ދައްކުވައިދޭ ކުރެހުންތައް ކުރަހާފައިވަނީ މަޝްހޫރު ކުރެހުންތެރިޔާ މއ. ފްލޮރިފާ ހުސެން އަލިމަނިވެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top