މާދަމާއިން ފެށިގެން ވޭޕް މަނާ

qMKf1swdQOSaKbKSN25a_recharging-disposable-vape-pen-black.jpg

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާ އެކު މިރޭ 12:00 އިން ފެށިގެން ވޭޕްގެ މުއާމަލާތްތައް މަނާވެގެން ދާނެ އެވެ. ގާނޫނަށް އޮކްޓޯބަރު މަހުގެ ތެރޭގައި ގެނައި އިސްލާހުތަކާ އެކީ ފާސްކުރި ބިލް ރައީސް ތަސްދީގު ކުރެއްވީ މިދިޔަ މަހުގެ 13 ގަ އެވެ.

މި އިސްލާހުގައިވާ ގޮތުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވާނެ އެވެ.

ވޭޕް މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީހަށްފަހު ވޭޕްއަށް ބޭނުންވާ އާލާތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ އާލާތެއް ނުވަތަ އުފެއްދުމެއް ވިއްކައިފި ނަމަ، 20،000ރ. އިން ޖޫރިމަނާކޮށް ވިއްކި ކޮންމެ އެއްޗަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ އެވެ.

މީގެ އިތުރުން އެފަދަ އުފެއްދުމެއް ބޭނުންކޮށްފި ނަމަ، 5،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ.

ދުންފަތާ ދެކޮޅަށް ފާސްކުރި އާ ގާނޫނުގެ މުހިއްމު އަނެއް ބަދަލަކީ ދުންފަތުގެ ބާވަތްތައް ވިއްކޭނެ އެންމެ ހަގު އުމުރު 18 އިން 21 އަށް މަތިކުރުމެވެ. އެހެންވެ ކަމުން މިރޭ 12:00 އިން ފެށިގެން، 21 އަހަރުން ދަށުގެ ޒުވާނުންނަށް ދުންފަތުގެ ބާވަތެއް ވިއްކުން މަނާވާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top