”އިހުސާސް“ ޕްރޮގްރާމް ހުއްޓާ ނުލާނެ

Screenshot-2024-03-16-214243.png

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަކޮށްގެން ރޯދަމަހު ޕީއެސްއެމް އިން ގެނެސްދޭ ”އިހުސާސް“ ޕްރޮގްރާމަށް ފާޑުކިޔުން އަމާޒުވި ނަމަވެސް އެ ޝޯ ހުއްޓާނުލާނެ ކަމަށް ޕީއެސްއެމް އިން ބުނެފި އެވެ.

އާއްމުންގެ ފާޑުކިޔުން މި ޕްރޮގްރާމަށް އަމާޒުވީ އެ ޕްރޮގްރާމް ހުށަހަޅައިދޭ މަރިޔަމް ނަމްޒާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ އާއިލާއާ ކުރި ސުވާލުތަކެއްގެ ސަބަބުންނެވެ. އެގޮތުން ނަމްޒާގެ ބަސްމަގު ހުރީ އެ އާއިލާގެ ހިތުގައި ޖެހޭ ފަދަ ގޮތަކަށް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ ފާޑުކިޔުން އަމާޒުވި ނަމަވެސް އެ ޕްރޮގްރާމް ހުއްޓާލަން ނުނިންމާ ކަމަށާއި މިކަމުގައި ހުރި ކަންބޮޑުވުންތައް އެ ޕްރޮގްރާމް ހުށަހަޅައިދޭ ފަރާތާއި ހިއްސާކޮށްފައިވާ ކަމަށެވެ. މި ޕްރޮގްރާމް ދެން އޮންއެއާ ކުރާނީ ޕީއެސްއެމްގެ ކޮންޓެންޓް ކޮމިޓީއިން ވަރަށް ރަނގަޅަށް ބެލުމަށްފަހު ކަމަށްވެސް ޒީނާ ވިދާޅުވި އެވެ.

ކޮންމެ ރޯދަމަހަކުވެސް ޕީއެސްއެމްއިން ގެނެސްދެމުންދާ “އިހުސާސް” ޕްރޮގްރާމް ސިލްސިލާކޮށް ކުރިޔަށް ގެންދާތާ މިއީ 4 ވަނަ އަހަރެވެ.

ނަމްޒާ އަކީ މިސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ނައިބުވެސް މެއެވެ

މި ރޯދަމަހުގެ ފުރަތަމަ ޕްރޮގްރާމްގައި ނަމްޒާ ދެއްކެވި ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވާން ފެށުމުން އޭނާވަނީ އޭނާގެ އެކްސް ހޭންޑްލް ޑިއެކްޓިވޭޓްވެސް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top