އަތޮޅު ކައުންސިލްގެ ރައީސަކަށް އާދިލް، ނާއިބްރައީސަކަށް މަބްރޫކް

mabr.jpg

މިއަދު އަލަށް ހުވާކުރެއްވި ބ. އަތޮޅު ކައުންސިލްގެ ރައީސަކަށް އެމްޑީޕީގެ ކައުންސިލަރ މުހައްމަދު އާދިލް ހޮވުނު އިރު ނާއިބް ރައީސަކަށް އެމްޑީޕީގެ ކައުންސިލަރު މަބްރޫކް ނަސީރު ހޮވިއްޖެއެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު އަތޮޅު ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި އާދިލް ރައީސަކަށް ހޮވުނީ ކައުންސިލްގެ ހަމެންބަރުންގެ ތެރެއިން 4 މެމްބަރުންގެ ވޯޓުންނެވެ. ރައީސްކަމަށް ކުރިމަތިލެއްވީވެސް އާދިލް އެކަންޏެވެ.

ނާއިބްރައީސްކަމަށް އެމްޑީޕީގެ ކައުންސިލަރ ސިރާޖް ކުރިމަތިލެއްވި ނަމަވެސް މަބްރޫކް އެމަގާމަށް ހޮވުނީ 5 ވޯޓްގެ ބޮޑު އަޤްލަބިއްޔަތަކުންނެވެ. ސިރާޖަށް ލިބުނީ 1 ވޯޓެވެ.

މިއަދު ހުވާކުރެއްވި އަތޮޅުގެ އެހެންރަށްރަށުގެ ކައުންސިލްތަކުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވާނެކަމަށް ހަބަރުލިބެއެވެ. އޭދަފުށީ ކައުންސިލްގެ ޖަލްސާ އޮންނާނީ މެންދުރުފަހު 2 ޖަހާއިރުކަމަށް ކައުންސިލް އިދާރާއިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top