ފެނަކައިން “ފުނަރު” ފަށަނީ

big_rmkmjL23LsnLc7uwKQbzW4gVq.jpg

ފެނަކަ އެމްޑީ ، އަހުމަދު ސައީދު

ފެނަަކަ ކޯޕަރޭޝަން އިން “ފުނަރު” ޕްރޮގްރާމް ގެ ނަމުގައި އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް އެޕްރެންޓިޝިޕް ޕްރޮގްރާމް އެއް ފަށަން ނިންމައިފިއެވެ.

ފެނަކަ އިން ބުނީ ފުނަރު ޕްރޮގްރާމަކީ ފެނަކަ ކޯޕަރޭޝަން އިން ފޯރުކޮށްދޭ އަސާސީ ތިން ޚިދުމަތުގެ ދާއިރާއަށް ދިވެހިން ބިނާކުރުމުގެ ގޮތުން ފެނަކަ އިންސްޓިޓިއުޓް ފޯރ ޓްރެއިނިންގ އެންޑް ރިސާޗް އިން ހިންގާ ޕްރޮގްރާމެއެއް ކަމަށެވެ.

ފުނަރު ޕްރޮގްރާމް އިން އިންޖީން ރިޕެއަރ އެންޑް މެއިންޓެނެންސް ގައި ބައިވެރިވާ ފަރާތްތަކަށް ޑީސަލް އިންޖީނުގެ ބައިތައް ކިޔައިދިނުމާއި ޑީސަލް ޖެނެރޭޓަރގެ މެއިންޓެނަންސް މަސައްކަތް ކުރާނެ ތަޖުރިބާ ލިބިގެން ދާނެއެވެ.

ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމްގައި 16 އަހަރުން މަތީގެ ދެޖިންސުގެ މީހުންނަށްވެސް ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ފުނަރު ޕްރޮގްރަމްގައި ބައިވެރިވާ ފަރާތްތަކަށް އެލެވެންސް ގެ ގޮތުގައި މަހަކު 3،000ރ ދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ފެނަކައިން ހާމަ ކުރެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.  ފެނަކައިން މައުލޫމާތު ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top