ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ ކޮވިޑް ވެގެންދާނީ އާއްމު ރޯގާއެއް ފަދަ ބައްޔަކަށް: ޑރ.ފައިސަލް

img_md_202102221237411613936261.6497.jpg

ޑރ. އަހުމަދު ފައިސަލް ، ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ. ފޮޓޯ: އެޗްއީއޯސީ

ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ ކުރިއަށް އޮތްތަނުގައި ކޮވިޑް ވެގެންދާނީ އާއްމު ރޯގާއެއް ފަދަ ބައްޔަކަށް ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަދި އައިޖީއެމްޗްގެ ޕީޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފައިސަލް މިހެން ވިދާޅުވީ އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

“މިބަލިވާނީ ހަގީގަތުގައި ވަކި ހިސާބަކުން ހަމަ އާންމު ރޯގާއެއް ގޮތަށް އަސްލު ވެގެންދާނީ ގިނަބަޔަކު ވެކްސިން ޖަހައިފި ކަމަށް ވަންޏާ،” އޭނާ ވިދާޅުވި އެވެ.

ޑރ. ފައިސަލް ވިދާޅުވީ ވެކްސިންގެ އެންމެ ފުރިހަމަ ފައިދާ ފެނިގެންދާނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރާތާ ދެ ހަފްތާ ފަހުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ވެކްސިން ޖެހުމުގެ މައިގަނޑު އަމާޒަކީ ބަލީގައި ބޮޑުވަރުވެ، އެނދުމަތި ކުރަންޖެހޭ މީހުންނާއި، އައިސީޔޫ ނުވަތަ ވެންޓިލޭޓަރަށް ލާންޖެހޭ މީހުން މަދުކުރުމާއި އަދި ބަލީގައި މަރުވާ މީހުންގެ އަދަދު މަދުކުރުން ކަމަށެވެ.

 “ވެކްސިންގެ މައިގަނޑު ޓާގެޓަކީ ނުވަތަ އަމާޒަކީ އަސްލު ބަލީގަ ބޮޑުވަރުވާ މީހުން މަދުކުރުން. އޭގެ ތެރޭގައި ބަލީގަ ބޮޑުވަރުވެ އެނދުމަތި ކުރާ މީހުން މަދުކުރުމާ، އަދި އައިސީޔޫއަށް ލާ، ނޫނީ ވެންޓިލޭޓަރަށް ލާ މީހުން މަދުކުރުން. އޭގެ އިތުރުން އަދި ބަލީގަ ނިޔާވާ މީހުން މަދުކުރުން،” ޑރ. ފައިސަލް

ހަމައެއާއެކު އޭނާ ވިދާޅުވީ ވެކްސިން ޖެހުމުގެ އެއް އަމާޒަކީ ބަލިޖެހޭ މީހުންގެ ނިސްބަތް އިތުރުވެ ސިއްހީ ނިޒާމަށް ނުކަތާވަރުވެ ދިޔަނުދިނުން ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން، މުޖްތަމައުގައި ގިނަ މީހުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވާ މީހުންނާއި އެނދުމަތިކުރެވޭ މީހުންގެ އަދަދު މަދުވާނެ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވި އެވެ. އަދި ބޮޑުވަރުގެ އައިސީޔޫގައި ނޫނީ ވެންޓިލޭޓަރުގައި ފަރުވާދޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް މަދުވާނެ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ ފައިސަލް ވިދާޅުވީ “ދިރާސާތަކަށް ބަލާއިރުގަ އަޅުގަނޑުމެންނަށް ދެންނެވީ އޮލްމޯސްޓް ސުމަކާއި ހިސާބަށް އެބައިތައް ދާނެއޭ،” ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 75،013 އަށް އަރާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top