ކިޔާރާއާއި ސިދާތު ، އާއަހަރު ފާހަގަކުރަން ސޮނެވާ އަށް

9fc35f8ba18119acd0b93b94bf3e8833-1.jpg

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ކިޔާރާ އަދްވާނީ އާއި ސިދާތު މަލްހޯތުރާ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ސޮނެވާފުށްޓަށް އަތުވެއްޖެއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އަރާފައިވާ ސިދާތު އާއި ކިއާރާ ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހު އެވެ. ކިއާރާ އާއި ސިދާތު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ދެ ތަރިން ދޮގު ކުރެއެވެ.

ކިއާރާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްކޮށްފައިވާއިރު، ސިދާތު ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ރިސޯޓްގެ ބައެއް މަންޒަރުތައް ލައިފައެވެ. އެ ދެ މީހުން ރާއްޖެ އައިސްފައިވަނީ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުންނެވެ.

ކިއާރާ އާއި ސިދާތު އެކުގައި ކުޅުނު ހަމައެކަނި ފިލްމް “ޝޭރްޝާހް”ގެ ޝޫޓިން ދާދިފަހުން ވަނީ ނިންމައިފައެވެ.

ކިއާރާ އާއި ސިދާތަކީ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ދެ ތަރިންނެވެ.

އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ސިދާތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ އިތުރުން އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭވެސް ވަނީ ރާއްޖެ އައިސްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top