ކޮވިޑް ވެކްސިން ހޯދަން ސިންގަޕޫރު ކުންފުންޏަކާއެކު އެއްބަސްވުމެއް

Finance-Minister-Ameer-750x484.jpg

ފިނޭންސް މިނިސްޓަރު އަމީރު

ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ވެކްސިންގ ގަތުމަށް ސިންގަޕޯރ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިކަމަށް މިނިސްޓްރީ އޮފް ފިނޭންސްއިން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބާރްހިމް އަމީރު ސޮއިކުރައްވާ މިއަދު އާންމު ކުރެއްވި “މާލިއްޔަތާ ބެހޭ ގަރާރު” ގައިވާ ގޮތުގައި ކޮވިޑް-19 އިން ރައްކާތެރި ވުމަށް އުފައްދާފައިވާ ވެކްސިން ގަތުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމާފައި ސިންގަޕޫރުގެ “އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީޑީ” އާ ދެމެދު ކަމަށެވެ.

މި ގަރާރު ނެރުއްވީ އެ ވެކްސިން އަކީ މުޅި ދުނިޔެއަށް ވެސް ބޭނުން ޖެހިފައި، އަދި ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތް ވެކްސިނެއް ކަމަށްވާއިރު އެ ވެކްސިން މުޅި ދުނިޔޭގައި ވެސް ދޫކުރަމުންދަނީ ޕްރޮކިއުމެންޓްގެ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށްވާތީ ވެކްސިން ގަތުމުގެ މަސައްކަތްތަކުގައި މާލިއްޔަތު ގަވާއިދުގެ ބައެއް މާއްދާތާކަށް އަމަލުކުރުން ފަސްކުރުމުގެ ގޮތުންނެވެ.

އެގޮތުން އެ އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުން ތަންފީޒު ކުރުމުގެ ގޮތުން މާލިޔާތު ގަވާއިދުގެ ހަތަރު މާއްދާ އަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެ މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވަނީ ހަމައެކަނި އެ ކުންފުންޏާއެކު ހަދާ އެއްބަސްވުމުގެ މުއްދަތަށް ކަމަށް ފިނޭންސުން ބުނެއެވެ.

އަދި އެ އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށާއި އެގޮތުން އެ ހަރަދުތައް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާ ހާއްސަ ސަމާލުކަމެއް ދީގެން ބެލުމަށް އެ ގަރާރުގައި ވަނީ އަންގާފައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް ވެކްސިން މިހާރު ބޭނުން ކުރަން ފަށާފައިވާއިރު، ކޮވިޑް ވެކްސިން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި ވެސް ވެކްސިން ޖަހަން ފެށޭނެ ކަމަށް އެޗްއީއޯސީން އުއްމީދު ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top