ހުރިހާ ސްކޫލެއްގައި އަންނަ އަހަރު ހުނަރު ޕްރޮގްރާމްތައް ހިންގާނެ

hjb-3.jpg

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އަންނަ އަހަރު ހުނަރު ޕްރޮގްރާމް ތައް ހިންގަން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއެސްއާރްގެ ދަށުން ހުރަވީ ސްކޫލްގައި ގާއިމުކުރި ވޮކޭޝަނަލް ހަބް ”ހުނަރުވެހި“ހުޅުވުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ހުނަރުވެރި ދިވެހިވަންތަ ޖީލެއް ބިނާކުރުމަަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެހެންވެ ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ވެސް އަންނަ ދިރާސީ އަހަރާ އެކީ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ފައްޓަވާނެކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ކަމަކީ ހަމައެކަނި ކިޔެވުމަށް ދަށް ކުދިންނަށް ދޭ ފުރުސަތެއްގެ ބަދަލުގައި، ކޮންމެ ދަރިވަރަކަށް ވެސް އެކަމުގައި ބައިވެރިވުމުގެ ފުރުސަތު ހަމަހަމަކަމާއެކު އޮންނާނެ ކަމަށެވެ.

އެގޮތުން ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ ވެސް ކޮންމެވެސް ހުނަރެއް ދަންނަ ކުދިންނަށް ހެދުމަކީ ތައުލީމީ ނިޒާމުގެ މުހިއްމު ސިޔާސަތެއް ކަމަށް ވިދާޅުވި އެވެ.

”އަންނަ އަހަރު ސްކޫލްތަކުގެ ނިޒާމަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ތައާރަފު ކުރާނަން. އެކަން މަތީ ތައުލީމުގެ ވުޒާރާއާއެކު، ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. މި ފުރުސަތު ސްކޫލްގައި ކިޔަވާ އެންމެ ދަށް ކުއްޖާ އަށް ވެސް އަދި އެންމެ މޮޅު ކުއްޖާ އަށް ވެސް ލިބޭނެ.“ މިނިސްޓަރު ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top