ރައީސް ޔާމީނާއި މެދު ކޯލިޝަން ލީޑަރުން ހަސަދަވެރިވަނީ ދެން ވެރިކަމަށް ނާދެވޭނެތީ: އެމްޕީ. ސަލީމް

WhatsApp-Image-2022-09-01-at-22.48.01-1.jpeg

ރައީސް އަބްދުﷲ ޔާމީންއާ މެދު ސަރުކާރު ކޯލިޝަން ލީޑަރުން ހަސަދަވެރިވަނީ ދެން ވެރިކަން އެމީހުންނަށް ނުލިބޭނެކަން ޔަގީންވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅިވީ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި މަވެސް ޕީޕީއެމް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަލީމް ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގު އަނިޔާ ދޭން ސަރުކާރުން ފޫގަޅަމުން ގެންދާ ކަމަށާ އެގޮތުން ގާޒީން މެދުވެރިކޮށް އެމަނިފާނުއަށް ނުހައްގު ހުކުމް ކުރަން އަނެއްކާވެސް ސަރުކާރުގެ ތެރެއިން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

“ގާޒީންނަށް ބުނެލަން ބޭނުންވަނީ އިންސާފާ އަދުލުވެރި ކަމާއެކު ހުކުމް ކުރާށޭ. ނުހައްގު ހުކުމެއްކޮށްފައި ސަލާމަތުން ގެއާ ހަމައަށްވެސް ދެވޭނެ ކަމުގެ ޔަގީންކަން ވެސް ނޯންނާނެ ހާ ނިކަމެތި ބައެއް އަހަރުމެން އިންސާނުންނަކީ” ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންއަކީ ގައުމުގައި ހުރި ހަމައެކަނި ވަތަނީ ލީޑަރުކަން ހާމަވެގެން ދަނީ އެމަނިކުފާނުގެ ބިނާ ކުރުވަނިވި ފިކުރާ ގުޅެމުންދާ މެންބަރުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދާ ދިއުމުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top