ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން

F5HwYQWasAAHe0n.jpeg

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން  އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން މިއަދު ނިންމައިފިއެވެ.

މިގޮތަށް ނިންމީ މިހާރު ކުރިއަށްދާ އެ ޕާޓީގެ 160 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.

ޖޭޕީން މިގޮތަށް ނިންމިއިރު އެ ޕާޓީން ވަނީ ފާއިތުވި ދުވަސްތަކުގައި ދެވަނަ ބުރަށް ދަތުރުކުރި ކެންޑިޑޭޓުންނާއެކު މަޝްވަރާ ބައްދަލުވުން ތަކެއް ބާއްވާފަ އެވެ. އެގޮތުން ގާސިމް ވަނީ ރައީސް ސޯލިހާއެކު ދެ ދުވަސް ވަންދެން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ. ހަމައެހެންމެ ޕީޕީއެމް/ޕީއެންސީ ގެ ކެންޑިޑޭޓް ޑރ.މުއިއްޒުވެސް ވަނީ ގާސިމްއާއި ބައްދަލު ކުރައްވައި މަޝްވަރާ ކޮށްފައެވެ.

ޖޭޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ގާސިމަކީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ މަދުން ވޯޓް ލިބުނު އެއް ކެންޑިޑޭޓެވެ. އޭނަ އަށް ލިބިވަޑައިގަތީ އެންމެ 5.460 ވޯޓެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް 101،635 ވޯޓް ލިބިވަޑައިގަތެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީން ގޮތެއް ނިންމުމަށް ކައުންސިލް ބައްދަލުވުން ބޭއްވުމުގެ ކުރިން އެ ޕާޓީގެ ލީޑާޝިޕް ބޭފުޅުންނާ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމް ވަނީ ވަކިވަކިން ބައްދަލުކުރައްވައި އެ ބޭފުޅުންގެ ޚިޔާލު ހޯއްދަވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top