އެތުލެޓިކޯ، ބާސެލޯނާ މެޗު އަނެއްކާވެސް އެއްވަރު

article-2594406-1CBF623400000578-496_634x456.jpg

ރޭ ޗެމްޕިއަންސް ލީގް ކުއަރޓަރ ފައިނަލްގައި އެތްލެޓިކޯ މެޑްރިޑް އާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު އަނެއްކާވެސް އެއްވަރުވެ ނިމިއްޖެއެވެ. މިއީ މި ސީޒަންގައި މި ދެ ޓީމް ކުޅެ އެއްވަރުވި ހަތަރުވަނަ ފަހަރެވެ. މި މެޗް އެއްވަރުވީ 1 ލަނޑު 1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާޕްގައި އެތްލެޓިކޯ މެޑްރިޑްގެ ޑިއޭގޯއެވެ. ބާސެލޯނާއަށް އެއްވަރުވި ލަނޑު ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ހުނަރުވެރި ފޯވާޑް ނޭމާއެވެ. މި ދެޓީމް އަދި މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ބަލިވެފައެއް ނުވެއެވެ.

ރޭ ކުޅުނު އެހެން މެޗަކަށް ބަލާލާއިރު އިނގެރޭސި ޗެމްޕިއަންސް މެންޗެސްޓަރ ޔުނައިޓްވެސް މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ބަލިނުވެ ހިފަހައްޓައިފިއެވެ. ޗެމްޕިއަންސް ލީގްގެ ތަށި ދިފާއުކުރުމަށްޓަކައި ކުޅޭ ބަޔާން މިއުނިކްއާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗްވެސް އެއްވަރުވީ 1 ލަނޑު 1 ލަނޑުންނެވެ.

މިމެޗްގެ ދެވަނަ ހާފްގައި ފުރަތަމަ ފަހަރަށް ލީޑް ނެގީ މެންޗެސްޓަރ ޔުނައިޓެޑް އިންނެވެ. މި ލަނޑަކީ ކޯނަރަކުން ޑިފެންޑަރ ނެމަންޖާ ވިޑިޗް ބޮލުން ޖެހި ގޯލެކެވެ. މިމެޗުން އެއްވަރުވި ލަނޑު ބަޔާން މިއުނިކް އަށް ކާމިޔާބުކޮށްދިނީ ޖަރުމަނުގެ މިޑްފީލްޑަރ ބަސްޓިއަން ސްވެންސްޓައިގަރ އެވެ. ނަމަވެސް މެޗް ނިމެން އުޅެނިކޮށް ބަސްޓިއަން ސްވެންސްޓައިގަރ އަށް ވަނީ ރެފްރީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިރޭވެސް ފޯރިގަދަ 2 މެޗް ކުޅެވޭނެއެވެ. ޗެމްޕިއަންސް ލީގްގެ ކުއަރޓަރ ފައިނަލްގެ ފުރަތަމަ ލެގްގެ ފަހު 2 މެޗުގައި ބައަދަލުކުރާނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި އިނގެރޭސިވިލާތުގެ ޗެލްސީއެވެ. ސްޕެއިންގެ ޗެމްޕިއަން ރެއަލް މެޑްރިޑް އާ ދެކޮޅަށް ނުކުންނާނީ މިދިޔަ އަހަރުގެ ރަނަރަޕް ބޮރޫޝިއާ ޑޮޓްމަންޑް އެވެ.

މިރޭގެ މެޗްތަށްވެސް ކުޅެވިގެންދާނީ ރާއްޖޭ ގަޑިން 23:45 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top