ޑެންގޫޖެހޭ މީހުންގެއަދަދު ދަށަށް

11265520_493218090831669_427176602533736933_n.jpg

ވޭތުވެދިޔަ ދެހަފްތާއާ އަޅާބަލާއިރު ޑެންގޫޖެހިގެން ރިޕޯޓްކުރާ މީހުންގެއަދަދު ދަށަށްދާން ފަށައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެ އެޖެންސީއިން ޢާއްމުކުރި ތަފާސްހިސާބުގައިވާގޮތުން މިމަހުގެ 12ވަނަދުވަހުންފެށިގެން މިހާތަނާހަމައަށް ރިޕޯޓްކޮށްފައިވަނީ 73 ކޭސްއެވެ. އަދި މިމަހުގެ 5ން 11 އާ ހަމައަށް ރިޕޯޓްކޮށްފައިވަނީ 125 ކޭސް އެވެ.

މި އަހަރުގެ މިހާތަނާ ހަމައަށް ޑެންގޫޖެހިގެން 700އަށްވުރެ ގިނަމީހުން ރިޕޯޓްކޮށްފައިވާއިރު ޑެންގޫ ޖެހިގެން 4 މީހަކު މަރުވެފައިވެއެވެ.

މިދުވަސްވަރަކީ ވިއްސާރަމޫސުންކަމުން ޑެންގޫޖެހުން އިތުރުވުމުގެ ފުރުސަތު ބޮޑުވެދާނެކަމަށް ބަލައިގެން އެކަމުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވައެވެ.

ޑެންގީހުން ޖެހެނީ އޭޑިސްމަދިރީގެ ސަބަބުންނެވެ. އޭތި ބިސްއަޅަނީ ފެންހަރުލާފަ ހުންނަ ތަންތަނަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top