ބ. އަތޮޅަށް ދަތުރުކުރި ދޯންޏެއް އަޑިއަށް !

Z9GY443lDKxeYdjNsOxPsiZ1vSOxSPYIjHRtL3SS.webp

މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ، މާލެއިން ފުރައިގެން 13 މީހުންނާއެކު ބ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ދަރަވަންދޫއާ ދިމާލުން ބޭރަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ.

މި ދޯންޏަކީ ބ. އައިދޫއަށް ސަޕްލައި ހިފައިގެން ދަތުރުކުރަމުންދިޔަ ދޯންޏެވެ. އައިދޫއަކީ ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.

އެ ދޯނި މިހާރު އަޑިއަށް ގޮސްފައިވާއިރު، ދޯނީގައި ހުރީ ކޮންކަހަލަ މުދަލެއް ކަމެއް ނޭނގެއެވެ.

އެ ދޯނީގައި ތިބި އެންމެންވެސް ފުލުހުންގެ ލޯންޗަށް ނަގާފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 12 ބިދޭސީންނެވެ. އެ އެންމެންގެ ހާލު ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top